އިންތިޙާބީ ވައުދު

ފުރަތަ މަކަމެއްގެ ގޮތުގައި އެދުވަހު އަޅުގަނޑުމެން ފަށާނެކަމަކީ އިންސާފު ގާއިމްކުރުމުގެ މަސައްކަތް. މިއަދުވެސް ޖަލުތަކުގައި އެބަތިބި ނުހައްގުން އަނިޔާލިބޭ އެތައްބައެއް. ކުރީގެ ރައީސުން އެބަތިއްބެވި. ކުރީގެ ރައީސުން އެބަތިއްބެވި ރާއްޖެ ނާދެވިފައި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބަތިބި. ނުހައްގުން އަނިޔާލިބޭ. އަދި މިނޫނަސް އެތައް އެތައް ބައެއްތިބި ނުހައްގުން އަނިޔާލިބި. އިރާދަކުރެއެވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގެ އެންމެ ފުރަތަމަ ދުވަހު އެބޭފުޅުންނަށް އާއިލާތަކާއެކީގައި ގެއަށް ވަޑައިގެން ރައްޓެހިންނާއެކީގައި އުޅުމުގެ ފުރުސަތު ލިބިގެންދާނެ.