ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ “އެއްބައިވަންތަ ސަރުކާރުގެ” މައިގަނޑު އަސާސްތަކާއި، ސިފަތަކާއި ސިޔާސަތުތައް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ! ޑައުންލޯޑް ކުރެއްވުމަށް
ތިރީގައި މިވަނީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އެވެ!

އެއްބައިވަންތަ ސަރުކާރުގެ މައިގަނޑު އަސާސްތައް

(1) އިސްލާމްދީން.

 • މާތްވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ދިވެހިރާއްޖޭގައި ފުރުސަތު ނުދިނުމާއި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ދިވެހި ރާއްޖޭގައި ދަމަހައްޓައި، އިސްލާމްދީނުގެ މައިގަނޑު އުސޫލުތަކާއި ޚިލާފަށް އެއްވެސްކަމެއް ނުކުރުން.

(2) ތާރީޚާއި ސަޤާފަތްގެ

 • ދިވެހި ޤައުމިއްޔަތާއި ސަޤާފަތް ވަރުގަދަކުރުން.
 • ދިވެހިން ގެ މާއްދީ އަދި މައުނަވީ ތަރިކަ ރައްކާތެރިކުރުން.

(3) ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން

 • ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުން
 • ސިފައިންނާއި ފުލުހުންގެ މުއައްސަސާތަކަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާކުރެވިފައިވާ އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަބުރުވެރި، ޤަދަރުވެރި އަދި ޝަރަފުވެރި މުޢައްސަސާތަކެއްކަމުގައި ހެދުން.

(4)  އިޤްތިސާދީ ދާއިރާ

 • ދައުލަތުގެ ފުދުންތެރިކަން އިތުރުކުރުމާއި، ދައުލަތުގެ ދަރަނި ހަމަމަގަށް އެޅުވުމާއި، ދިވެހިރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު އުފެއްދުމާއި، ޤައުމުގެ މުއްސަނދިކަން އިންސާފުވެރިކޮށް ބެހިގެންދާނެ އިޤްތިސާދެއް ބިނާކުރުން، ވިޔަފާރިއާއި ސިނާއަތްތައް ޑައިވެރސިފައިކޮށް އާ ސިނާޢަތްތައް އުފައްދައި ތަރައްޤީކޮށް، ވަޒީފާގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފަހިކޮށްދީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުން.
 • އިޤްތިސާދީ ސިޔާސަތުތައް ލާމަރުކަޒުކުރުމާއި، އަތޮޅުތެރޭގައި އުފެދިފައިވާ އިޤްތިސާދީ ހަރަކާތްތަކުން ކައުންސިލްތަކަށް ލިބޭނެ އާމްދަނީ ލިބޭނެ އުސޫލުތައް ޤާއިމްކުރުމާއި، އަދި އަތޮޅުތެރޭ އުފެދޭ އިޤްތިސާދީ ހަރަކާތްތަކުން ސަރުކާރުން ގޮތްނިންމުމުގައި ކައުންސިލްތަކުގެ ދައުރު އިތުރުކުރުން.

(5)  ޚާރިޖީ ދާއިރާ

 • ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމާއިއެކު، އަވައްޓެރި ޤައުމުތަކާއި ދިވެހިރާއްޖެއާއި އެކުވެރި އެންމެހާ ދައުލަތްތަކާއި ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިންޑިޔާ ކަނޑުގެ ހަމަ ޖެހުމާއި ބައިނަލްއަޤްވާމީ ސުލްހައަށް އިސްކަންދީ، ދިވެހިރާއްޖެއާއި މެދު އިތުބާރު އުފައްދައި ދިވެހި ދައުލަތުގެ އިސްތިޤްލާލް ދެމެހެއްޓުން

(6)  އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުން

 • ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަރުދީ ހައްޤުތަކާއި މިނިވަންކަމަށް އިސްކަންދީ، އެ ހައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށް ހިމާޔަތްކުރުން.
 • ދިވެހިރާއްޖެ ބައިވެރިވެ ތަސްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކަށް އަމަލުކުރުން.

(7)  އަންހެނުން ބާރުވެރިކުރުވުން

 • ސިޔާސީ، އިޤްތިސާދީ އަދި އިޖްތިމާއީ ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު އިތުރުކުރުން.

(8) މިނިވަން ނޫސްވެރިކަން ކަށަވަރުކުރުން

 • ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއް ޤާއިމްކުރުން. އަދި ނޫސްވެރިންގެ މަސައްކަތުގައި އެމީހުންނަށް މިނިވަންކަމާއިއެކު ޚިޔާލުފާޅުކޮށް، މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކުރުން.

(9) ތިމާވެށި ހިމާޔަތްކުރުން

 • ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކާއި ތަރިކަ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްޓެހި އުސޫލަކުން މެނުވީ ބޭނުންނުކުރުން.

(10) އަދުލު އިންސާފު

 • އެންމެހާ ނުފޫޒުތަކުން އެއްކިބާވެފައިވާ، ރައްޔިތުންގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ރައްކާތެރިކޮށް، ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ތެރެއިން އިންސާފު ޤާއިމްކޮށްދޭނެ މިނިވަން ޝަރުއީ ނިޒާމެއް ޤާއިމްކުރުން

(11) ކޮރަޕްޝަން ހުއްޓުވުމާއި ބަދަލު ހޯދައިދިނުން

 • ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ އެންމެހާ ދޮރުތައް ބަންދުކޮށް ކޮރަޕްޝަން ހުއްޓުވުން.
 • އެކިއެކި ފަރާތްތަކުން ދައުލަތާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ނުހައްޤުން ނިގުޅައިގަނެފައިވާ އެއްބަސްވުންތައް އިޔާދަކުރުމާއި ޤާނޫނާއި ޚިލާފަށްކޮށްފައިވާ މުޢާމަލާތްތައް ރޫޅާލުން.
 • އިންސާފުގެ ބޭރުން ދައުލަތާއި ރައްޔިތުންނަށް ދީފައިވާ އެކިބާވަތުގެ ގެއްލުންތައް ދެނެގަނެ، އެފަރާތްތަކަށް ބަދަލު ހޯދައިދެވޭނެ އުސޫލެއް ކަނޑައަޅައި، އެކަންކަމަށް ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން.

(12) ރައްޔިތުން ބާރުވެރިކުރުވުން

 • އިދާރީ ދާއިރާތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއި، ލާމަރުކަޒީ ނިޒާމް އަލުން ހަރުދަނާކޮށް މައުނަވީގޮތެއްގައި ލޯކަލް ކައުންސިލްތަކަށް ގޮތްނިންމުމުގެ ބާރު ލިބިދިނުން.
 • މުޖުތަމައުގެ އެކި އުމުރުފުރާތަކާއި ގިންތީގެ މީހުންގެ އަޑުއަހައި އެމީހުންގެ ބޭނުންތައް ދެނެގަނެ، އެބޭނުންތައް ހާސިލްކޮށްދިނުން.

(13) މިނިވަން މުއައްސަސާތައް

 • ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ޤާނޫނު އަސާސީއާއި ޤާނޫނުގައި ބުނާ މިނިވަންކަމާ އެކު، ނުފޫޒުން އެއްކިބާވެ މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމް ކޮށްދިނުން.

(14) ވެރިކަން ހިންގުމުގެ ނިޒާމް ހަރުދަނާކުރުން

 • ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

އެއްބައިވަންތަ ސަރުކާރުގެ ސިފަތައް

 • (1) ގުޅިފައިވާ ސަރުކާރެއްގެ ސިޔާސަތުތަކާއި ހިންގާނެ މަސައްކަތްތައް ތަފްސީލްކޮށްދޭނީ ގުޅިފައިވާ ޕާޓީތަކުން ނުކުންނަ އެއް ކެނޑިޑޭޓްގެ ރިޔާސީ އިންތިޚާބުގެ މި މެނިފެސްޓޯގައެވެ.
 • (2) ގުޅިފައިވާ ސަރުކާރު އުފެދިފައި އޮންނާނީ އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ހިމެނޭގޮތަށެވެ. އެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ކުރާނެ އެހެންމެ މުހިންމު އެއް މަސައްކަތަކީ، ފާއިތުވި 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ކިލަނބު ކޮށްފައިވާ އެންމެހާ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރުމެވެ. އަދި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް، ގެނެސް، ދައުލަތުގެ މުއައްސަސާތަކަކީ ރައްޔިތުންނަށް އިތުބާރު ހިފޭފަދަ ތަންތަންކަމުގައި އެމުއްދަތުގައި ހަދާނެއެވެ.
 • (3) ކޯލީޝަން ރޫޅޭ ގޮތްތަކާއި، ރޫޅިއްޖެ ޙާލަތެއްގައި ސަރުކާރު ދެމިއޮތުމާއި ނެތުން، އަދި ކޯލިޝަނަށް ދިމާވާ އެހެނިހެން މައްސަލަތައް ހައްލުކުރާނެ ގޮތްތައް ބަޔާންކުރާ އެއްބަސްވުމެއްގައި ހަތަރު ލީޑަރުން ސޮއިކުރެއްވުން، އަދި ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ކޯލިޝަން ސަރުކާރަށް ލިބޭތޯ 30 ދުވަހުގެތެރޭގައި މިއެއްބަސްވުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ފާސްކުރުން.
 • (4) ޤާނޫނުގެ ވެރިކަން ނެގެހެއްޓުން. އަދި ޤާނޫނުގެ ބާރަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން ދައުލަތުގެ މުއައްސަސާތަކަށާއި، މުއައްޒަފުންނަށް އަންގައިދީ، ގުޑްގަވަރނަންސްގެ އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުން.
 • (5) ދިގު މުއްދަތެއްގެ ޕްލޭންތަކެއްގެ ތެރެއިން ދިވެހިންނަށާއި ދިވެހިރާއްޖެއަށް އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުން ގެނެސްދިނުން.
 • (6) ގުޅިފައިވާ ސަރުކާރަކީ، އިންފޮމޭޝަން ޓެކްނޮލޮޖީއާއި ރައްޓެހި އަދި މުސްތަޤްބަލަށް ވިސްނައިގެން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒްކުރާނެ ސަރުކާރެއްކަމުގައިވުން.

އެއްބައިވަންތަ ސަރުކާރުގެ ސިޔާސަތުތައް

އިސްލާމްދީން

 • އިސްލާމްދީނަކީ ދިވެހި ޤައުމިއްޔަތުގެ ބިންގަލެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ކަނޑައަޅާހިނދު، ދައުލަތުގެ އެންމެހާކަންކަން ހިނގަމުން ދަނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައިކަން ކަށަވަރުކުރެވޭނެއެވެ. އިސްލާމް ދީނުގެ މަތިވެރި ޢަޤީދާ ވަރުގަދަކޮށް، ދީނީ ހޭލުން ތެރިކަން އިތުރުކޮށް، ދީނުގެ ވަޙުދަތު ދެމެހެއްޓުމަށް މުއައްސަސާތަކުން މަސައްކަތްކުރާނެއެވެ.

އިސްލާމީ އުސޫލުތަކުގެ ތެރެއިން ދައުލަތް ހިންގުން

 • ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އިސްލާމްދީން ނޫން އެހެން ދީނަކަށް މިފަސްގަނޑުން ޖާގަ ނުލިބޭނެކަން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން ކަށަވަރުކުރާނެއެވެ. ދިވެހިންގެ އިސްލާމީ ވަޙުދަ ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ދަމަހައްޓާނެއެވެ. އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިޤްތިޞާދީ އަދި އިޖުތިމާއީ ނުހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން ރިޢާޔަތްކުރާނެއެވެ. ޤައުމު ބިނާކުރުމާއި މުޅި ދައުލަތުގެ ހިންގުން އެމަގުން ކުރިޔަށްދާކަން ކަށަވަރުކުރާނެއެވެ. އަދި ރާއްޖޭގައި އިސްލާމީ ތަޢުލީމު އާލާކޮށް ކުރިއަށް އޮތް ޖީލުތަކަން މިކަން ފޯރުކޮށް ދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅޭނެ އެވެ.

ދީނީ ހޭލުންތެރިކަން

 • ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ދަމަހައްޓައި ކުރިއެރުވޭނެއެވެ. އިސްލާމިކް މިނިސްޓްރީ އާއި ތަފާތު ރޮނގުތަކުގެ އިލްމުވެރިންނާއި، މުޖްތަމައަށް ފައިދާކުރާ މަސައްކަތްތައް ހިންގާ ޖަމްއިއްޔާތައް ގުޅިގެން އިސްލާމް ދީނާމެދު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރެވޭނެއެވެ. އަދި ސަރުކާރުން ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، އެނިޒާމު ދަށުން ކޮންމެ ރަށަކަށް ގަވާއިދުން ވާޢިޘުންގެ ޓީމުތައް ޒިޔާރަތްކޮށް، ދަރުސްދިނުމާއި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި، ދީނީ ކައުންސިލިންގ ދިނުންފަދަ ޙަރަކާތްތައް ހިންގޭނެއެވެ.

މިސްކިތްތައް ހިންގުމުގެ ނިޒާމާއި ޚިދުމަތްތައް ހަރުދަނާކުރުން

 • ދިވެހިންގެ އަޤީދާއާއި ސަގާފަތާ މުޖުތަމައުގެ އެކުވެރިކަން ދަމަހައްޓައިދޭ މުހިންމު އެއް ބިނާއަކީ މިސްކިތްތަކާއި، ވަށައިގެންވާ ހަރިންމަފާރު އެތެރޭގައިވާ ތަންތަނެވެ. މިތަންތަނަށް އަޅާލުން ބޮޑުކޮށް، މިތަންތަނުގެ ދައުރު ފުޅާކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންކަމުން ކޮންމެ މިސްކިތެއްގައި ވެސް އެތަނުގެ ގަދަރު ނުގެއްލޭފަދަ ތަޢުލީމީ އަދި އިޖްތިމާއީ ހަރަކާތްތައް ހިންގަން ޖާގަ ލިބޭނޭގޮތަށް ކަނޑައެޅި، އިދާރީގޮތުން އެތަންތަން ހިންގާ ބެލެހެއްޓުން ކައުންސިލްތަކާއި ހަވާލުކުރެވޭނެއެވެ.
 • އިސްލާމީ ތަޢުލީމުގެ ރޮނގުން ޔުނިވަރސިޓީ ޑިގްރީ ހާސިލުކޮށްފައިވާ އިމާމުން މިސްކިތްތަކަށް ހަމަޖެއްސުމަށްޓަކައި އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރެވޭނެއެވެ. އަދި މި ފަރާތްތައް މެދުވެރިކޮށް މިސްކިތްތަކުގައި ދީނީ ވަޢުޡު ބުނުމާއި ރައްޔިތުންނަށް ބޭނުންވާ ދީނީ އިރުޝާދު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެއެވެ.
 • ދީނީ ޚިޔާލުތަފާތުވުންތައް މަދުކޮށް ހައްދުފަހަނައަޅާފައިވާ ހަރުކަށިކަން ފޮހެލުމަށް ހެޔޮލަފާ ދީނީ މައުލޫމާތު ހުރިހާ ދިވެހީންނަށް އޮޅުންފިލުވޭނޭ ގޮތްތައް ފަހިވާން ޖެހެއެވެ. މިބޭނުމަށްޓަކައި ރަށް ރަށުގައި ދީން އުނގެނުމާއި، އިސްލާމިކް ރިސާރޗް ތައާރަފްކުރުމަށް ޖަޒީރާ އިސްލާމިކް ސެންޓަރުތަކެއް މިސްކިތްތަކުގައި ގާއިމް ކުރެވޭނެއެވެ. މިތަންތަނުގައި ކޮމިއުނިޓީ ލައިބްރަރީތައް އުފެއްދޭނެއެވެ. އިޖުތިމާއީ އަދި ތައުލީމީ ކަންކަމަށް ބޭނުންކުރެވޭނޭ ގޮތުން މިތަންތަން ބައްޓަންކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ހިންގާ ތަރައްގީކުރެވޭނެ އިންތިޒާމްތައް ފަހިކޮށްދެވޭނެއެވެ.
 • ކޮންމެ ރަށެއްގައި ޖަޒީރާ ހިނަވާގެއާއި ރާއްޖޭގެ އުތުރާއި ދެކުނުގައި މޯޗަރީ ބިނާކުރެވި ކައުންސިލްތަކުގެ ދަށުން އެތަންތަން ބެލެހެއްޓުން ހަރުދަނާ ކުރެވޭނެއެވެ.

ޒަކާތު ފަންޑު

 • މުދަލު ޒަކާތާއި ފިތުރު ޒަކާތް ނެގުމާއި، ބެލެހެއްޓުމާއި، ބެހުން ހަރުދަނާކުރުމަށްޓަކައި ޤާނޫނެއްގެ ދަށުން، ދެފުށް ފެންނަ ނިޒާމެއް ޤާއިމު ކުރެވޭނެއެވެ. އަދި މުދަލު ޒަކާތް ދައްކަންޖެހޭ ފަރާތްތަކުން ޒަކާތް ނެގޭނެ އުސޫލުތަކެއް ކަނޑަ އެޅޭނެއެވެ. ޒަކާތު ފަންޑުން ކުރެވޭ ޚަރަދުތަކާއި ހޭދަތަކަކީ ދީނުގައި ބަޔާންކުރެވިފައިވާ މިންގަނޑާ އެއްގޮތަށް ކުރެވޭ ޚަރަދު ތަކެއްކަން ކަށަވަރުކުރެވޭނެއެވެ. މުދަލު ޒަކާތް ދެއްކުމަށް މީހުން ހޭލުންތެރިކޮށް، ޒަކާތު ފަންޑާ މެދު ރައްޔިތުންގެ އިތުބާރު ހޯދޭނެއެވެ. ޒަކާތު ކޮމެޓީ އަކީ ޤާބިލް، ޢިލްމީ، ހަރުދަނާ ބަޔަކު ތިބޭ ކޮމެޓީއެއްކަން ކަށަވަރުކުރެވޭނެއެވެ.

ވަޤްފު ފަންޑު

 • ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ދީނީ އަދި އިޖްތިމާޢީ މިނޫންވެސް ކަންކަމަށް ހޭދަކުރުމުށްޓަކައި ވަޤްފު ފަންޑުތައް އުފައްދާ ފަންޑުތައް ބެލެހެއްޓޭނެ ހަރުދަނާ، ދެފުށް ފެންނަ ގާނޫނީ ނިޒާމެއް ޤާއިމު ކުރެވޭނެއެވެ. ދީނީ، ތަޢުލީމީ އަދި އިޖުތިމާއީ މުއައްސަސާތަކަށާއި ޖަމިއްޔާތަކަށް ވަޤްފު ކުރެވޭނެ ނިޒާމެއް ހަމަޖެއްސޭނެއެވެ. މި ނިޒާމުގެ ދަށުން ވަޤްފުތައް އިތުރުކޮށް، ދިރުވާ އާލާ ކޮށް، ވަގްފު ފަންޑަށް ފައިސާ ހޯދުމަށް ހިންގޭ މަޝްރޫޢުތަކުން ލިބޭ ފައިސާ ހަރުދަނާކަމާ އެކު ބެލެހެއްޓޭނެއެވެ. މިފަންޑުތަކުން ކުރެވޭ ހޭދަތަކަކީ ފަންޑުގެ މަޤްޞަދާ ޚިލާފުނުވާނޭހެން ކުރެވޭ ހޭދަތަކެއް ކަމުގައި ހަދައި އެކަން ކަށަވަރުކުރެވޭނެއެވެ.

ޙަލާލް ސެޓްފިކޭޝަންގެ ނިޒާމު

 • ދިވެހިން ބޭނުންކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރެވޭ ހުރިހާ ބާވަތްތަކަކީ އަދި ރާއްޖޭގައި އުފައްދާ ހުރިހާ ބާވަތްތަކީ ޙަލްލް ތަކެތިކަން ކަށަވަރު ކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން ޙަލާލް ސެޓްފިކޭޝަން ދޫކުރުމާއި ޙަލާލް ސްޓޭންޑަޑް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރާނެއެވެ. މި ނިޒާމުގެ ދަށުން ޙަލާލް ސެޓްފިކެޓް ދެވޭފަރާތްތައް މޮނީޓަރކޮށް ސްޓޭންޑަޑް ހިފެހެއްޓޭކަން ކަށަވަރުކޮށް، މިކަމަށް ބޭނުންވާނެ ޓެކްނިކަލް މީހުން އުފައްދައި ލެބޯޓްރީއާއި ވަސީލަތްތައް ޤާއިމް ކުރާނެއެވެ.

ޙައްޖާއި ޢުމްރާ

 • ފަރުޟު ޙައްޖު ވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތް ހަމަޖެއްސޭނެއެވެ. ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅޭ މަސައްކަތްތައް މީހުންގެ އިތުބާރު ލިބޭފަދަ ގޮތަކަށް ރާވާ ހިންގޭނެ އުސޫލުތަކާއި އިންތިޒާމްތައް ހަމަޖައްސައި އެކަން ކަށަވަރު ކުރެވޭނެ އެވެ. ޙައްޖާޖީންނާއި ޢުމްރާވެރިންނަށް އިހާނެތި ގޮތްތައް ހަދާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ އުސޫލުތަކެއް ކަނޑައެޅޭނެއެވެ. ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމުގެ ފުރުޞަތު ކުންފުނިތަކަށް ދިނުމުގައި، ދެފުށް ފެންނަ އުސޫލެއް ކަނޑައެޅޭނެއެވެ. ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ކުރުން ޖެހޭ މަސައްކަތްތައްކޮށް، ޙައްޖާއި ޢުމްރާއަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮއްދެވޭ ޚިދުމަތްތައް މޮނިޓަރކޮށް، އެކަންކަމާ މެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެ ނިޒާމެއް ޤާއިމްކުރެވޭނެއެވެ. ޙައްޖަށް ގެންދިއުމުގައި ކުންފުނިތަކުން އެއްބަސްވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާކަމަށް ކުރެވޭ ޝަކުވާތަކަށް ޙައްލު ހޯދޭނެއެވެ. އަދި ޙައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން ޙައްޖާއި ޢުމްރާ ގުރޫޕްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދީ އެފަރާތްތަކަށް މިނިސްޓްރީއިން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ފިޤްހު އެކެޑަމީ

 • މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ދިވެހި ރާއްޖޭގެ ފިޤްހު އެކެޑަމީއެއް ޤާއިމްކުރެވި، މެންބަރުން ޢައްޔަނު ކުރެވޭނެ ހަރުދަނާ އުޞޫލެއް އެކަށައެޅޭނެއެވެ. އެއާއެކު ރައްޔިތުންނަށް އެނގެންޖެހޭ ދީނުގެ މުހިންމު ޙުކުމްތަކުގައި ފަތުވާދިނުމާއި، ޚިޔާލުތަފާތުވުން ހުރި ދީނީ މައްސަލަތަކު ގައި ދައުލަތުން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށާއި، މިނިވަން މުއައްސަސާތަކަށާއި ޝަރުޢީ ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހުން ހަދާ އެންމެހައި ގާނޫނުތަކަށް ދީނީ ލަފާދީ، ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުން ހިންގާ ކަންކަމުގައި ދީނާ ފުށުއަރާ ކަންތައްތައް ބަލައި އިޞްލާޙުކުރަން އިރުޝާދު ދިނުމުގެ މަސްއޫލިއްޔަތު އެ މުއައްސަސާއާ ޙަވާލުކުރެވޭނެއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު

 • ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިންގުން ހަރުދަނާކޮށް، ރަނގަޅު ފެންވަރަކަށް އިމާރާތް ތަރައްޤީކުރެވޭނެއެވެ. އަދި ޤާރީންނާއި ހާފިޒުން އުފެއްދޭ މިންވަރު އިތުރުކޮށް ޤުރްއާނުގެ ޢިލްމު އުނގެނުމުގެ ފުރުޞަތު ފުޅާކޮށް، ހަރުދަނާކުރެވި، ބައިނަލްއަޤްވާމީ މިފަދަ މުއައްސަސާތަކާއި ގުޅުންބަދަހިކޮށް އެފަރާތްތަކާއި ގުޅިގެން މަތީ ފެންވަރުގެ ޕްރޮގްރާމްތައް ހިންގާ، ސަނަދުތައް ދޭތަނެއްގެ ގޮތުގައި ހަމަ ޖެއްސޭނެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ރިސާރޗް ސެންޓަރ

 • ދިވެހިރާއްޖޭގެ އިސްލާމީ ރިސާރޗް ސެންޓަރެއް ޤާއިމް ކުރުމީ ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތެކެވެ. މި މުއައްސަސާއިން ބައިނަލް އަގްވާމީ މިފަދަ ސެންޓްރުތަކާއި ޔުނިވާރސިޓީތަކާއި ގުޅިގެން ދީނާ ގުޅުންހުރި ދިރާސާތައްކުރުމާއި، ދީނީ ފޮތް ލިޔެ ތައްޔާރު ކުރުމާއި، ދީނީ ޖާރނަލްތައް ޝާއިޢު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. ހުރިހާ ރަށެއްގައި މި ރިސާޗް ސެންޓަރުގެ ގޮފިތައް ޤާއިމު ކޮށް، މޮނިޓަރ ކޮށް، ބެލެހެއްޓޭނެއެވެ. އަދި މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ދިރާސާތަކާ ގުޅޭ މައުލޫމާތު އާންމު ކުރެވެމުން ދާނެއެވެ.

ދައުލަތް ހިންގުން

ޒިންމާދާރުކޮށް ދައުލަތް ހިންގުން

 • ކަންކަން ހަމަ ޖެހިފައިވާ އުސޫލުތައް ރައްޔިތުންނަށް ސާފު ސީދާކޮށް އެގޭފަދަ ހާމަކަންބޮޑު ގޮތަކުން، ވެރިކަންހިންގުމުގެ ނިޒާމް ބައްޓަންކޮށް ހިންގޭނެއެވެ. ކޮރަޕްޝަނަށް ފުރުޞަތު ލިބޭ ކަންތައްތައް ދެނެގަނެ، އެ ފުރުޞަތުތައް ނައްތާލެވޭނެއެވެ. ހިންގުމުގެ ދާއިރާގައާއި ދައުލަތުގެ މުޢައްސަސާތަކުގައި، ކަންކަމަށް ޒިންމާނަގަން ފައސްނުޖެހޭ ފަރާތްތަކާއި އަދި ކަނޑައެޅި ބަޔާންވެގެން ވަކި ގޮތަކަށް އަމަލުކުރަން ޖެހޭ އުސޫކުލުތަކުގެ އިމުންބޭރުވާ ފަރާތްތައް، ޒިންމާދާރުކުރުވައި، ޒިންމާ އުފުލާ ޘަޤާފަތެއް، ދިވެހި މުޖުތަމަޢުތެރޭދައި އާލާކޮށް އަށަގެންނެވޭނެއެވެ.

މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން

 • ދިވެހިރާއްޖޭގެ މިނިވަންކަމް އާއި ސިޔާދަތާއި ޤައުމީ ސަލާމަތް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން ހިމާޔަތްކޮށް ދަމަހައްޓާނެއެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް ހިންގުމުގައިވެސް ދިވެހިރާއްޖޭގެ ސިޔާދަތަށް ބުރޫނާރާފަދަ ގޮތްތައް ދެމެހެއްޓުމާއި ޤައުމިއްޔަތަށް ލޯބިކުރާ ޖީލުތައް އުފެއްދޭނެ ގޮތް ހެދޭނެއެވެ. ދިވެހި ބިލަކީ ދިވެހިންގެ އެއްޗެއްގެ ގޮތުގައި ދަމަހައްޓައި ބޭރުގެ އެއްވެސް ފަރާތަކަށް ދިވެހި ބިން މިލްކުކުރުމުގެ ފުރުޞަތު ނުދޭނެއެވެ.

މިނިވަން ޚާރިޖީ ސިޔާސަތު

 • ބޭރު ޤައުމުތަކާ ރަޙްމަތްތެރިކަން ބަދަހިކޮށް ދުނިޔޭގެ ޞުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރަޙައްދީގޮތުން އަދި ބައިނަލްއަޤްވާމީގޮތުން ޙަރަކާތްތެރިވާ މިނިވަން ޚާރިޖީ ސިޔާސަތެއް ޤާއިމް ކުރެވޭނެއެވެ. ރާއްޖޭގެ ގަދަރާއި އިއްޒަތާއި ޝަރަފު ދުނިޔޭގެ ކުރިމަތީގައި ކުރިއަރުވާ، ބައިނަލް އަޤްވާމީ މުޖުތަމަޢުގައި ދިވެހި ރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލްތަކަށް އިޙްތިރާމްކުރާ ޤައުމެއްގެ ގޮތުގައި ހެދޭނެ އެވެ. ބައިނަލް އަޤުވާމީ ދުނިޔެއާއި ގުޅުން ބަދަހިކޮށް، ރާއްޖެއާއި އެހެން ޤައުމުތަކުގެ މެދުގައި އޮންނަ ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރެވޭނެއެވެ.
 • ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއިއެކު ހަދާފައިވާ މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބާ އިޙްތިރާމްކުރާ ޤައުމެއް ކަމަށް އަލުން އަނބުރާ ހެދޭނެއެވެ. ދިވެހިރާއްޖެއިން އަލުން އަބުރާ ކޮމަންވެލް އޮފް ނޭޝަންސް’ ގައި ބައިވެރިކުރެވޭނެއެވެ. ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރިއަށް ދުނިޔޭގެ ބާޒާރުން ފުރުޞަތުތައް ފަހިކޮށް ދެވި، ރާއްޖޭގެ އިގްތިޞާދީ އަދި އިޖުތިމާއީ ތަރައްގީއާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި އެކުވެރި ޤައުމުތަކާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން އިތުރުކުރެވޭނެއެވެ. އިންޑިޔާ ކަނޑުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދަމަހައްޓާ ގުޅުންތައް ވަރުގަދަކުރެވޭނެއެވެ. އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެކު ރާއްޖެއާއި، އިސްލާމީ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން

 • ދިވެހިރާއްޖޭގެ ސަލާމަތީ ޚިދްމަތްތަކަކީ ސިޔާސީ ނުފޫޒުން މުޅިން އެއްކިބާވެ ރައްޔިތުން ބަލައިގަންނަ ގޮތަށް މަސައްކަތްކުރާ ފަރާތްތަކަކަށް ހެދޭނެއެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަކީ ޝަރަފުވެރި، ނޭދެވޭ ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ، އަދި ރައްޔިތުންގެ ލޯތްބާއި އިތުބާރުލިބިފައިވާ ޤާބިލް ބައެއްގެ ގޮތުގައި ދެމެހެއްޓޭނެއެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ހަރުދަނާކޮށް، ޒަމާނަށް ބައްޓަންކޮށް،ފުލުހުންނާއި ސިފައިންނަކީ ރާއްޖޭގައި އުޅޭ އެންމެހާ މީހުނާއި، މުދަލާއި ގެދޮރުގެ ރައްކާތެރިކަމާއި، އަމާންކަމާއި، މިނިވަންކަން ކަށަވަރުކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް މުއައްސަސާތަކަކަށް ހެދޭނެއެވެ.
 • ދިވެހިރާއްޖޭގެ ގެ ސަލާމަތީ ޚިދުމަތްތަކަކީ، އެމުއައްސަސާތަކަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، ޒަމާނީ ވަސީލަތްތަކާއެކު ހަރަކާތްތެރިވާ ވަޒީފާގެ ރައްކާތެރިކަން ލިބިފައިވާ ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓޭނެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ލިބިދިނުމަށްޓަކައި އެ މުއައްސަސާތަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ޤާނޫނަކުން ވިޔަސް ނުގެނެވޭނެއެވެ.

މުއައްސާތައް ހަރުދަނާކުރުން

 • މަޖިލީހުގެ މައިނޯރިޓީ ރައިޓްސް ރައްކާތެރިކުރުމާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، މިނިވަން މުއައްސަސާތަކުގެ މަސައްކަތް ހަރުދަނާ ކުރެވޭނެއެވެ. މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ބަޖެޓް ފާސްކުރުމުގައި ސަރުކާރުގެ ދައުރު ކުޑަކުރެވޭނެއެވެ.
 • އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަކީ މިނިވަން މުޢައްސަސާއަކަށްވެ ތިމާވެށީގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙީ ބަދަލުކޮށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތްތަކުގެ ތެރެއިން ވަކިކުރެވި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެނެވިފައިވާ މަސައްކަތްތަކާއި އަދި އެހެން މުއައްސަސާއެއްގެ ދަށަށް ގެނެވިފައިވާ މަސައްކަތެއް ވާނަމަވެސް އެމުސައްކަތެއް އަނބުރާ އީ.ޕީ.އޭ އުށް ބަދަލުކޮށް އީޕީއޭ މިނިވަންކޮށް ހިންގޭނެ ގޮތް ހެދޭނެއެވެ.
 • މިނިވަން މުޢައްސަސްތައް ވެރިކަން ހިންގުމުގެ ނިޒާމުގެ ނުފޫޒުން އެއްކިބާކޮށް މިނިވަންކަމާ އެކު ހިންގުން ކަށަވަރުކޮށް އެފަދަ މުއައްސަސާތަކަށް ފާރަލާ ނިޒާމުގެ ތެރެއިން އެކަން ހިންގޭނެއެވެ.

ޖަޒީރާ ދިރިއުޅުން

މަރުކަޒީ ސަރުކާރު ބަހާލުން

 • ފައްކާވެފައިވާ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ގަޑުބަޑުކޮށްފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެވޭނެއެވެ. އިގްތިސާދީ ހައިސިއްޔަތު ކައުންސިލްތަކަށް ފަހިކޮށްދިނުމާ އެކު، ކައުންސިލްތަކުގެ ޤާބިލްކަމާއި ޒިންމާދާރުކަން ބޮޑުކޮށް ދެވޭނެއެވެ. ހަމަހަމަކަމާއެކު ހިދުމަތް ފޯރުވައިދީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ހަރަކާތްތެރި ފުދުންތެރި ކައުންސިލްތަކެއް އުފެއްދޭނެއެވެ.
 • ދައުލަތުގެ އޮފީސްތަކާއި ސަރުކާރު މިނިސްޓްރީތަކުގެ ގިނަ މަސައްކަތްތައް ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތަކާއި، ސިޓީކައުންސިލްތަކަށް (ވަކި ތަރުތީބަކުން) ބަހާލެވޭނެއެވެ. މިގޮތުން މަރުކަޒީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކައުންސިލްތަކާ ގުޅުންހުރި މަސައްކަތްތައް ސީދާ ކައުންސިލް ތަކަށް ބަހާލެވޭނެއެވެ.
 • މިނިސްޓްރީތަކުން ރަށްރަށުގައި މިހާރު ކުރަމުން ގެންދާ މަސައްކަތަކުގެ ތެރެއިން ކިތަންމެ މަސައްކަތެއް ރަށު ކައުންސިލްތަކުގެ ދެށަށް ދޫކޮށްލެވި، ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭން އަދި ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންއާއި ފުށުނާރާގޮތަށް މަޝްރޫއުތައް ހިންގާ ވިލަރެސްކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ހޯދައިދެވޭނެއެވެ. ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކަށް ބާރުވެރިކަމާއި ރައްޔިތުންގެ އިތުބާރާއި ގަދަރު ހޯދައިދެވި، މިހަމަޖެހޭ ޖަޒީރާ ދިރިއުޅުމަކަށް ވާސިލުވެވޭނެއެވެ.

ކައުންސިލްތަކަށް އާމްދަނީއާއި ޓެކްސްލިބޭ ނިޒާމް

 • ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރާއި، ކަނޑާއި، ވާއެންމެހާ ވަސީލަތްތަކުން ލިބޭ ކުލީގެ އިންސައްތައެއް، އެ ކައުންސިލަކަށް ލިބޭނެގޮތް ހަމަޖެއްސޭނެއެވެ. ފުރާފުރިހަމަވެ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިނގާ ކައުންސިލްތަކަކަށް ހެދުމައްޓަކައި ދައުލަތުގެ މާލީ ނިޒާމް ފުށުނާރާގޮތަށް ދަރަންޏަށް ޒިންމާވުމާއި ލޯނުނެގުމުގެ ބާރު ކައުންސިލްތަކަށް ހޯދައިދެވޭނެއެވެ. ކައުސިލްތަކަށް މާލީ މިނިވަންކަން ހޯދައިދެވޭނެއެވެ.
 • ޢާއްމު ޚިދުމަތްތަކުންނާއި، އެހެނިހެން ގޮތްގޮތުން ނެގެމުންދާ ފީތައް، މައި ސަރުކާރަން ނުގޮސް ސީދާ ކައުންސިލްތަކުން ނެގޭގޮތަށް ބަދަލުގެނެވޭނެއެވެ. ކައުންސިލްތަކަށް ލިބޭ ޢާމްދަނީ ބޮޑުކޮށް، އެއިން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ލިބިދެވޭނެއެވެ. މިގޮތުން ހައިބަތާއި ގަދަރު ބޮޑު ޖަޒީރާވަންތަ ކައުންސިލްތަކެއް އުފެއްދޭނެއެވެ.
 • ކޮންމެ ރަށެއްގެ އިގްތިސާދު ދެނެގަތުމަށްޓަކައި އެރަށެއްގެ ޢާމްދަނީއާއި ޚަރަދު ދެނެގަނެވި މިނޭން ފެށޭނެއެވެ. ރަށުގައިވާ ވަސީލަތްތަކާއި ހަރުމުދަލާއި މުޅި މިލްކިއްޔާތު ހިމެނޭ ރަށު ބެލެންސްޝީޓެއް އެކުލަވާލެވޭނެއެވެ.
 • ޖަޒީރާ ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ ޤާއިމްކުރުން ހަލުވިކުރުމަށްޓަކައި މިހާރު މާލޭގައި ހިންގާ މަރުކަޒީ ކުންފުނިތަކުން ދޭ ޚިދުމަތްތައް ސަރަހައްދީ ކުންފުނިތަކަށް ބަހާލެވޭނެއެވެ. މި ސަރަހައްދީ ކުންފުނި ތަކަކީ އެސަރަހައްދެއްގެ ރަށްތަކުގެ ބައިވެރިވުމާ އެކު ހިންގާ ކުންފުނި ތަކަކަށް ހެދޭނެއެވެ.

އެއްގަމާއި ކަނޑު ކައުންސިލްތަކަށް

 • ދިގުމުއްދަތަށް އަމާޒުކޮށް، ލޭންޑް ޕޮލިސީ، ނުވަތަ ބިންބޭނުން ކުރުމުގެ ގައުމީ ސިޔާސަތު އެކުލަވާލެވޭނެއެވެ. އަދި މި ސިޔާސަތުގެ ތެރެއިން ރަށުކައުންސިލްގެ އިޚުތިސާސްގައިވާ ބިމާއި ކަނޑުފަޅާއި ފަރުފަދަ އެންމެހައި ތަންތަން، ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސޭނެ އެވެ.
 • މިތަންތަން ބޭނުން ކުރުމުގެ ގޮތް ކަނޑައަޅާ، ތަރައްގީކޮށް، ހިންގުމުގެ މިނިވަންކަން ކައުންސިލްތަކަށް ލިބިދެވޭނެއެވެ. އަދި އަތޮޅުކައުންސިލްގެ އިހުތިސާސްގައިވާ ރިސޯޓް ހިންގާ ރަށްރަށުގެ ކުއްޔާއި ސިނާއީ މަސައްކަތް ހިންގާ ފަޅުރަށްރަށާއި އެހެނިހެން ތަންތަނުގެ ކުލީގެ އިންސައްތައެއް (ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށްވެސް ވުންފަދަ ނިޒާމެއް ކަނޑައެޅި) އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލް ތަކަށް ލިބިދެވޭނެ އެވެ. ބިމުގެ ވިޔަފާރިއާއި އެހެނިހެން ވިޔަފާރިތައް ހިންގުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ލިބިދެވޭނެއެވެ.

ރައްޔިތުން ބާރުވެރިކުރުވުން

 • ސަރުކާރު ހިންގުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރާއި ކައުންސިލްތަކާއި އާންމު ރައްޔިތުންނާ ދޭތެރޭ އޮންނަ ގުޅުން ހަރުދަނާކޮށް، “ޑެލިބަރޭޓިވް ޑިމޮކްރެސީ” ގެ އުސޫލުން ކަންކަން އިންތިޒާމު ކުރެވިގެންދާނެއެވެ. އަދި އާންމުންނާ ގުޅުން ހުރި ކޮންމެ ނިންމުމަކީ އާންމުންގެ ބައިވެރިވުމާ އެކީ، ފުރިހަމަ އަށް މަޝްވަރާކުރެވިގެން ނިންމޭ ނިންމުމަކަށް ހެދޭނެއެވެ.
 • ސިޔާސަތު ކަނޑައެޅުމަށާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުގެންނަން ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ދެވޭނެއެވެ. މި ގޮތުން ވަކި ޢަދަދެއްގެ ރައްޔިތުންގެ ޕެޓިޝަނަކުން މިފަދަ ކަންކަމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހޭނެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. އަދި ވަކި އަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރެވޭނެއެވެ.

ކައުންސިލްތަކުން އާސާރީ ތަންތަން ބެލެހެއްޓުން

 • ކޮންމެ ރަށެއްގައިވެސް ހުރި ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، މިފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކުން ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައެޅީ، ހަރުދަނާ އުސޫލަކުން އާސާރު ބެލެހެއްޓެން ފެށޭނެއެވެ. ކޮންމެ ރަށެއްގެ ތާރީހާއި އާދަކާދަ އެއްކުރެވި ލިޔެވެން ފެށޭނެއެވެ. އަދި މިމަސައްކަތަކީ ރަށް އިތުރަށް އިޝްތިހާރުވުމާއި މާކެޓްވުމާއި ގުޅިފައިވާ މުހިންމު އިގްތިސާދީ މަސައްކަތެއް ކަމުގައި ކަނޑަ އެޅޭނެއެވެ.

ޤައުމީ ތަރިކައާއި ދިވެހި ބަސް

 • ދެމެހެއްޓެނިވި ހަރުދަނާ އުސޫލަކުން ޤައުމީ ތަރިކަ ޙިމާޔަތްކޮށް ބަލަހައްޓާން ފެށޭނެއެވެ. އަދި މިކަން ހަރުދަނާކުރުމަށްޓަކައި ޤައުމީ ތަރިކައިގެ ލިސްޓެއް އެކުލަވާލެވި، އެއީ ހިމާޔަތްކުރެވި ރައްކާތެރިކުރެވިފައިވާ ތަންތަނުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭނެއެވެ.
 • ދިވެހި ޤައުމިއްޔަތާއި ޘަޤާފަތް ވަރުގަދަކޮށް ދިވެހިންގެ މާއްދީ އަދި މައުނަވީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓޭނެއެވެ. ކޮންމެ ރަށެއްގެ ތާރީޚާއި އެރަށަކާއި އަތޮޅަކާ ގުޅިފައިވާ މާޒީ ލިޔެވި ރަށްރަށުގެ ވަނަވަރާއި ރަށްރަށާއި ބެހޭ މަޢުލޫމާތުތައް ފެންނާނޭހެން ރަށު ވެބްސައިޓްތައް ހަދައި ބަލަހައްޓާން ފެށޭނެއެވެ.
 • ހުރިހާ ރަށެއްގެ ބަހުރުވަ އެއްކުރެވި، ލިޔެކިޔުމުން ބެލެހެއްޓި، ދިވެހިބަހުގެ ފުރިހަމަ ރަދީފެއް އެކުލަވާލެވޭނެއެވެ. ދިވެހިބަހާއި ދިވެހި ތާރީޚާއި ދިވެހި ޘަޤާފަތާއި ދިވެހި އާދަކާދައާ ގުޅޭގޮތުން ލިޔެވިފައިހުރި ފަތްފުށްތައް އެއްކުރެވި، ކިޔަވާކުދީންނަށާއި އެންމެހާ ފަރާތްތަކަށް ފަސޭހަކޮށް ފެންނާނޭހެން ބެހެއްޓޭނެއެވެ.

ޖަޒީރާ ކްލަބް ޖަމިއްޔާ

 • ރަށުތަރައްޤީގައި ކްލަބް ޖަމިއްޔާތަކަކީ މުހިއްމު އިޖްތިމާއި ދައުރެއް އަދާކުރާ ބައެކެވެ. ކްލަބް ޖަމިއްޔާތަކަށް އިތުރަށް ހަރަކާތްތެރި ވެވޭނޭ ޖާގަ ހޯދައިދެވޭނެއެވެ. ފުދުންތެރިކަމާއި ވަސީލަތްތަކާއި، ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ. އަދި ކްލަބް ޖަމިއްޔާތައް ހިންގުމުގަޔާއި، ބައިވެރިވުމުގައި ޚާއްސަކޮން އަންހެނުންނަން ފުރުސަތު ހޯދައިދެވޭނެއެވެ.

ގައުމީ ރިސާޗް އިންސްޓިޓިއުޓް އުފެއްދުން

 • ބަލިބައްޔާއި ސިއްހީ މައްސަލަތަކާއި، އިޖްތިމާއީ މައްސަލަތަކާއި، އިގްތިސާދީ ކަންކަމާއި، ވެއްޓާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދުންތެރިކަން ކުރިއެރުވުމަށް ގައުމީ ތިންކް ޓޭންކްއެއް އުފެއްދުމަށް ބޭނުންވާ ރިސާރޗް އިންސްޓިޓިއުޓެއް ގާއިމްކުރެވޭނެއެވެ. އަދި ރަށްރަށުގައި ރިސަރޗް ވަރުގަދަ ކުރުމަށް މި ގައުމީ އިންސްޓިޓިއުޓުން އެހީތެރިވެދޭން ފަށާނެއެވެ.

ރީތި ސާފު ރަށް

 • ރަށް ކުނިކަހާ ރީތިކޮށް ސާފުކޮށް ބޭއްވުމުގެ މަސައްކަތް މާހަރުދަނާ ދެމެހެއްޓެނިވި އުސޫލަކުން ކުރެވޭން ފެށޭނެއެވެ. ރަށުގައި އުފެދޭ ކުނީގެ މައްސަލަ ހައްލުވުމަކީ ރަށުގެ ސާފުތާހިރުކަމާ ނަލަކަމަށް އެކަނި ކުރެވޭ މަސައްކަތެއްގެ ބަދަލުގައި އެއީ ރަށާއި މުޅި ގައުމުގެ ވެށީގެ ސަލާމަތް ރައްކާތެރިކަމަށްޓަކައި ކުރުން ލާޒިމު ކަމެއް ގޮތުގައި ކަނޑައެޅޭނެއެވެ. އަދި ކުންޏަކީ އުކާލެވޭ ނުވަތަ ނައްތާލެވޭ އެއްޗެއްގޮތުގައި ގެންގުޅެވެމުން އަންނަ ބޯދާ ވިސްނުމުގެ ބަދަލުގައި އެއީ އަލުންބޭނުންކުރެވޭ އެއިން މަންފާއާއި ނެރެވޭ ބާވަތަކަށް ހެދޭނެ އެވެ. އަދި މަގުތައްހަދާ ބެލެހެއްޓުމާއި އެތަންތަން އަލިކޮށް އަމާންކޮށް ބޭއްވޭނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު

 • މޫސުމަށް އަންނަ ބަދަލުތަކާއި ކޮޅިގަނޑުތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކަން އަވަސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަލިފާނުގެ ޙާދިސާއެއް ފަދަ ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި ގެއްލުންލިބި ހާލުގައިޖެހޭ އާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ކޮންމެ އަތޮޅެއްގައި ޤާއިމް ކޮށްދެވޭނެއެވެ. މޫސުން ގޯސްވެ، ކަނޑުގަދަވުން ދިގުލައިގެންދާ ހާލަތްތަކުގައި އަތޮޅުތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ތެލާއި ކައްކާގޭހާއި އަދި ބޭސްފަދަ އަސާސީ ބާވަތްތަކުގެ އެކަށީގެންވާ ސްޓޮކެއް ރައްކާކުރެވިފައި ހުންނާނޭ އިންތިޒާމް ހަމަޖެއްސޭނެއެވެ.

ވެށިފަހިމާލެ

 • މާލެ ތޮއްޖެހުން ކުޑަކުރުމަށާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި މާލެއަކީ ހިތްފަސޭހަ ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. ހުސްޖާގަތައް ހަދައި، ބަންދުކޮށްފައިހުރި ތަންތަނާއި މަގުތައް ހުޅުވައި މަގުތަކުގެ ކާރޫބާރޫއާއި ޓްރެފިކަށް ލުއިކަން ހޯދައިދެވޭނެއެވެ. އެއްގަމު އުޅަނދުފަހަރު ޕާކްކުރާނޭ އެކަށީގެންވާ އިންތިޒާމެއް ކުރެވި، މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދޭނެއެވެ.
 • ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގަޔާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިޚްތިޔާރުކުރާ އެހެން ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދެވޭނެއެވެ. މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، އިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ އާއިލާތައް ދެނެގަނެ، އެފަރާތްތަކުށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނެ މަގު ކޮށައިދެވޭނެއެވެ. މިގޮތުން އިސްކަންދޭ ފަރާތްތަކުގެ ތެރޭގައި އެކަނިވެރިމައިން ހިމެނޭނެއެވެ.
 • މާލޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްގައިމު، ޝަޢުގުވެރި މަންޒިލަކަށް މާލެ ބަދަލުކުރުމުގެ މަސައްކަތް ހިންގޭނެއެވެ. މިގޮތުން މާލޭގައި ހުރި ދުވަސްވީ ތަންތަން ހިމާޔަތްކުރެވި، އެތަންތަނުގެ ބޭނުން އިތުރަށް ހިފައި، އެތަންތަނަކީ އާމްދަނީ ލިބޭ އިގްތިސާދީ ވަސީލަތްތަކަކަށް ހެދޭނެއެވެ. އަދި އާސާރީ ތަންތަން އިތުރަށް ތަރައްގީކޮށް، ފުޅާކޮށް، އާސާރުތައް އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގަން ފެށޭނެއެވެ.
 • ކުޅިވަރު ކުޅޭ ތަންތަން ތަރައްގީކުރުމާއި، އާބާދީ އެކަށޭނަ މިންވަރަށް ތަފާތު ގިނަ ކުޅިވަރުތައް ކުޅޭނެ ތަންތަން ހަދައި ތަރައްގީކޮށް، ކުޅިވަރަށް ޝައުގުވެރިކަން ހުންނަ އެންމެންނަށް ބޭކަނުންކުރެވޭނޭ ގޮތަށް ފަރުމާކުރެވިގެން އިޖްތިމާއީ މަރުކަޒުތައް ހެދޭނެއެވެ. އެކި ފަންނުތަކާއި ހުނަރުތައް ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރެވޭނެއެވެ. މަޖާކޮށް ކުޅިވަރުކުޅެ މުނިފޫހި ފިލުވުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ހޯދައިދެވޭނެއެވެ. ނިސްބަތުން ބަލާއިރު، ކުޅިވަރުގެ ވަސީލަތްތައް ލިބުމުގައި އަންހެނުންނަން އިތުރު ދަތިތަކެއް މެދުވެރިވާތީ، މިކަމަށް އެކަށީގެންވާ ފިޔަވަޅު އެޅޭނެއެވެ.
 • ދުޅަހެޔޮ ދިރިއުޅުމަށް ތަރުހީބުދީ ކަސްރަތުކުރުމަށް ބާރުއެޅުމަށްޓަކައި މަގުތަކާއި، ޕާކުތަކާއި، އާއްމު މައިދާންތައް، ކަސްރަތުކުރާ މީހުންޔާ ބީރައްޓެއި ނޫން މާހައުލުތަކައް ގޮތަށް ފަރުމާކުރެވި، ބައްޓަންކުރެވޭނެއެވެ. މާލޭގެ މަގުތައް އަލިކުރެވި، ކުށުގެ ވެށީން ރައްކާތެރިކަން ލިބިދޭ އަމާން ވެއްޓެއް ހޯދޭނެއެވެ.

ޕިކްނިކް ރަށާއި ބީޗްތައް

 • މާލެ ސިޓީގެ ރައްޔިތުން ހަފްތާ ބަންދުގައި އާއިލާ އާއި އެކު ދަތުރު ދިޔުމަށް މާލެ ގާތުން ރަށެއް ހާއްސަކުރެވޭނެއެވެ. އަދި މާލޭގައި ހެދިފައި ހުރި ބީޗްތަކާއި ފަތާ ސަރަހައްދުތަކަކީ ސާފު ތަންތަނަށް ހެދޭނެއެވެ. އެތަންތަން ބޭނުންކުރާ ކުޑަކުދިންނާއި އެންމެހާ ފަރާތްތަކަށް ސިއްހީގޮތުން މުއްސަލަ ދިމާނުވެ ބޭނުންކުރެވޭ ތަންތަނަން ހެދޭނެއެވެ.
 • މާލޭގެ ބަނދަރުމަތީ ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތައް ފުއްދޭގޮތަށް ތަރައްގީކުރެވޭނެއެވެ. މާލެ ސަރަހައްދުގެ ފަޅުތަކުން މަސްވެރިންނަށް ޖާގަ އިތުރުކޮށް ދެވޭނެއެވެ، ހަމައެކަނި ސަރުކާރުގެ ވެރިންގެ ބޭނުމަށް ބަންދުކުރެވިފައިހުރި ބައެއް ޖާގަތައް ހުޅުވާލެވޭނެއެވެ. ފަޅުތެރޭގެ ޖާގަ އިތުރުކޮށް ވަދެނުކުމެވާ ހުރިހާ އުޅަނދުފަހަރަށް ލުއިފަސޭހަކޮށްދެވޭނެއެވެ. އަތޮޅުތަކުން މާލެ އަންނަ ފަސިންޖަރުންގެ ފެރީޓާމިނަލްތައް ހެދީ، އަރާފޭބުން މިހާރަށްވުރެ މާ ރައްކާތެރި އުސޫލަކަށް ބަދަލުކުރެވޭނެއެވެ.

 

 • މާލޭ މަސްމާރުކެޓު ރަނގަޅު ފެންވަރަށް ތަރައްޤީ ކުރެވި އެތަނުގައި މަސްމަހާމެހީގެ އިތުރުން ކަނޑު ގޮވާމު ގެ ބާވަތްތައް ލިބެން ހުންނަ ވިޔަފާރި މަރުކަޒަކަށް ބަދަލުކުރެވޭނެއެވެ. އަދި ޚިދުމަތް ހޯދާ ފަރާތްތަކާއި މާލެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ތަނަކަށް ހެދޭނެ އެވެ. އަދި ލޯކަލް މާރުކެޓް ތަރައްޤީކުރެވި އެތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޖާގަ ތަނަވަސް ލުއި ފަސޭހަ ތަނެއްގެގޮތުގައި ހެދިގެންދާނެއެވެ.

އިގްތިސާދު

މަސައްކަތްތެރިކަމުގެ އަގު ވަޒަންކުރެވުން

 • ރައްޔިތުންނަށް އިޤްތިޞާދީ ތަރައްގީގެ މަންފާ އާއި ލާބު، އިންސާފުވެރި، ހަމުހަލު ގޮތެއްގައި ފޯރުކޮށް ދެވޭނެއެވެ. އިޤްތިޞާދީ ތަރައްޤީއާއިއެކު އަސާސީ ޚިދުމަތްތަކާއި ވަޒީފާ އާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސްކޮށް ދެވޭނެއެވެ. ރައްޔިތުންގެ ފުދުންތެރިކަމާއި ފޯރުންތެރިކަން އިތުރުކުރުމަށް ތަފާތު އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް އައްސިނާއަތްތައް ތައާރަފްކޮށް އެކަންކަން ކުރެވޭނެ މަގުފަހިކޮށް ދެވޭނެއެވެ. މިގޮތުން މިކަންކަން ތަރައްގީކުރުމަށް ބޭނުންވާ ފައިސާއާއި، ކްރެޑިޓްއާއި މިނޫންވެސް އެހެނިހެން މާލީވަސީލަތްތައް ތަނަވަސް ކޮށްދެވޭނެއެވެ.
 • ގޭތެރޭގައި އަންހެނުން ކުރާ، ވަރަށް ގިނަ، ބުރަ މަސައްކަތަކީ އެ މަސައްކަތުގެ އަގު އެކަށީގެންވާވަރައް ވަޒަންނުކުރާ މަސައްކަތްކަމާއި، އަދި އެއީ އެއްވެސް އުޖޫރައެއް ނެތި ކުރާ މަސައްކަތްކަން ގަބޫލްކުރެއެވެ. އަންހެނުންނަން، މި ބުރަ ލުއިކޮށް ދިނުމުގެ ގޮތުން ސިޔާސަތްތަކެއް އެކަށައަޅައި، ތަންފީޒްކުރެވޭނެއެވެ.

 

ޔޫޓިލިޓީސްގެ ޚިދުމަތްތައް

 • ދެމެހެއްޓެނިވި އުސޫލަކަށް ކަރަންޓުގެ އަގު ކުޑަކުރެވޭނެއެވެ. އާންމު ރައްޔިތުންގެ އާމްދަނީ އާއި ފުދުންތެރިކަމަށް ރިއާޔަތްކުރެވި، އެއްވެސް އާއިލާއަކަށް ބުރަޔަކަށް ނުވާނޭކަން ކަށަވަރުކުރުމަށް ސަބްސިޑީ ފޯރުކޮށްދެވޭނެއެވެ. ތެލަށް ކުރާ ބޮޑު އިސްރާފު ދަށްކުރެވި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރެވޭނެއެވެ.
 • ރާއްޖޭގެ އެއްވެސް ރަށަކީ ބޯފެނަށް ނުޖެހޭ ރަށެއްކަން ކަށަވަރު ކުރެވޭނެއެވެ. ހުރިހާ ރަށެއްގައި ސާފު ބޯފެނުގެ ނިޒާމް ޤާއިމް ކުރެވޭނެ އެވެ. އަދި ބޯފެނަށް ކުރަންޖެހޭ ޚަރަދާ އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ފެނަށް ހެދޭނެއެވެ.

 

 • ރީސައިކަލް ކުރެވޭނެ ނިޒާމެއް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމްކުރެވި، އަލުން ބޭނުން ކުރެވޭނެ މަގުތައް ފަހިކޮށްދެވި، ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ބަދަލުކުރެވޭނެއެވެ. ޕްލާސްޓިކާއި ވެއްޓަށް ގެންލުންދޭ ބާވަތްތައް އެތެރެކުރެވޭ މިންވަރާއި އުފެދޭ ކުނިދި މަދުކުރެވި، ރާއްޖޭގެ ހުރިހާ ރަށްތަކުގައި ކުނީގެ މައްސަލަ ހައްލުކުރެވޭނެއެވެ.
 • ޔޫޓިލިޓީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން، އެންމެ ފުރިހަމަކޮށް ފޯރުކޮށްދިނުމަށްޓަކައި އެ ޚިދުމަތްތައް ސަރަހައްދީ ކުންފުނިތަކަކަޚް ބަދަލުކުރެވޭނެއެވެ.

 

ފަރުތައް ދިރުވުމާއި ރަށްތައް ހިމާޔަތްކުރުން

 • ބަނދަރު ހެދުމާއި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްތައް ރަށްރަށުގެ ގުދުރަތީ މާހައުލާ ބީރައްޓެރި ނޫން އައު ސީފަޔަކަށް ކުރެވޭ މަސައްކަތަކަށް ބަދަލު ކުރެވޭނެއެވެ. ސިމެންތި ތޮއްޓާއި ގަލާއި ބޮޑުހިލަ ޖެއްސުމުގެ އަގުބޮޑު، ބޯދާ ވިސްނުން ދޫކޮށްލާ، ޒަމާނީ ފެންވަރަށް އުފެއްދޭ ޖަޒީރާ ރަށުގެ ފަރު ތައާރަފްކުރެވޭނެއެވެ. މިބާވަތުގެ ފަރު، ރަށުގެ ވަށައިގެން ފަނާވަމުންދާ ފަރާއި ފަޅުތެރޭގައި އަތުރާ، ރަށުގެ ސަލާމަތްކަން ގުދުރަތުން ލައްވާފައިވާ ނިޒާމާއި ފުށުނާރާ ގޮތަށް ބަދަލުކުރެވޭނެއެވެ. ރަށްރަށުގެ ފަޅާއި ފަރުތަކުން ހޯދެން އޮތް އިޤްތިސާދީ މަންފާއަށްޓަކައި އެތަންތަން ދިރުވުމުގެ މަސައްކަތް ހިންގާން ފެށޭނެއެވެ.

މަސްވެރިކަމުގެ ވިޔަފާރި

 • މަސްވެރިކަމަކީ ރާއްޖޭގެ ޒަމާންވީ ކަނޑު ރޯއްޖެވެ. އެއީ ދިވެހީންނަށް ވާރުތަވަމުން އައިސްފައިވާ، އެންމެ ބޮޑު ހުނަރުވެރިކަމާއި ކުޅަދާނަކަން އެކުލެވިގެން ކުރަމުންއައި އިގްތިސާދީ މަސައްކަތެވެ. އެންމެ އިހުޒަމާނުން ފެށިގެން ދިވެހި އާއިލާތަކުގެ ތިޔާގިކަމާއި ރާއްޖެއަށް ލިބެމުންދިޔަ އާމްދަނީގެ އެންމެބޮޑު ހިއްސާ އެކުލެވޭ ދިވެހި އުފެއްދުންތެރިކަމުގެ ނާރެހެވެ.
 • ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދެކެނީ ދިވެހި އިގްތިސާދުގެ ރޫފަހެޔޮކުރުމަށް މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ މާބޮޑުކުރެވޭނެ ކަމުގައެވެ. މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދެވޭނެ ކަމުގައެވެ. މަހަށްފުރުވުމުގެ ބޭނުމުގައި ފަށަންދަމައި ބަނދެގެން ބާލާފައިވާ އެންމެ ކުޑަ ބޮއްކުރާއިން ފެނިގެން ބޮޑެތި ބިޔަ ކަންނެލި އޮޑިފަހަރުވެސް މަހަށްނުކުމެ ބާނާ އެއްޗަކުން އިސްރާފުވުމެއްނެތި ހަމައުގު ލިއްބައިދެވޭނެކަމުގައެވެ.
 • މަސްވެރިކަމުގެ ދާއިރާގައި އަންހެނުން އަދާކޮށްފައިވާ ބުރަ ބަލައިގަނެވޭނެއެވެ. އަންހެނުންގެ ބައިވެރިވުމާއި، އުފެއްދުންތެރިކަމާއި ހިންމަތާ ނުލާ މިދާއިރާ ދެމި އޮތީއެވެ. އަދި މުސްތަގުބަލުގައި މިސިނާއަތް ކުރިނާރުވާނެއެވެ. އެހެންކަމުން އަންހެނުންގެ ދައުރު ހަރުދަނާ ކޮށް ވާގީ ދިނުމަށް އިތުރު ފިޔަވަޅުއަޅައިގެން މާ ބޮޑަށް ލަސްވެރިކަން ކުރިއެރުވޭނެއެވެ.
 • މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ލުއިފަސޭހަ ލޯނު ސްކީމެއް ތަޢާރަފުކުރެވި މަސްވެރިކަން އިތުރަށް ފުޅާކުރެވޭނެއެވެ. މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ދިވެހި މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހިންގޭނެއެވެ.

 

ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް

 • ރާއްޖޭގެ ކަނޑުގެ ސަރަހައަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލައި، ދިވެހި މަސްވެރިން މަސް ގަންނަން ބޭނުންވާ ބޭރުގެ މަސްކިރާ ބޯޓުފަހަރު ރާއްޖެ އައުމަށް ހުއްދަދެވި، މެދުވެރިއެއްނެތި، ބޭރުގެ މަސްގަންނަ ފަރާތްތަކަށް މަސް ވިއްކޭނޭ މަގު ހުޅުވާލެވޭނެއެވެ.

 

ބޭރުގެ މާރުކޭޓަށް ދިވެހި މަސްދޯނި

 • ރަސްއައިންތަކުން ފުރާ ބާނާ މަސްކޮޅު ކިރާން، އައިން ދޫކޮށްލާފައި ހުރިހާ އުޅަނދު، މާދުރަށް ދުއްވާފައިގޮސް އަތް އުރާލައިގެން ޖާގު ކުޑަ މަސްފެކްޓަރީ ބޭރުގައި ކިޔުހަދައިގެން ތިބެންޖެހުން ނިމުމަކަށް ގެނެވޭނެއެވެ. މަސްވެރިކަން ތިޔާގިވުމާއެކު ބޭނިމަހުގެ އެއްބައި އުކާލުން ނުޖެހޭގޮތަށް ކަނޑުރޯދީގެ ތަނަވަސް މަންފާ ހޯދައިދިނުމަށްޓަކައި، ދިވެހި މަސްވެރީން ބުނާ މަސް، އެވެރިން މަސްބާން ދޯނިފަހަރުގައި ސީދާ ބޭރުގެ (ސިލޯނު ފަދަ) މާކެޓްތަކަށް ވިއްކެނޭ ނިޒާމެއް އެ ޤައުމުތަކާއި މެދު ވެވޭ އެއްބަސްވުމު ގެ ދަށުން ގާއިމު ކުރެވޭނެ އެވެ. ތެލާއި އައިސް، އަދި އެހެނިހެން ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވާން ނުޖެހޭނެ އިންތިޒާމެއް ތަޢާރަފްކުރެވި، ރާއްޖޭގެ މުޅި އިގްތިސާދީ ސަރަހައްދު ބޭނުންކުރެވޭނޭ މަގު، ދިވެހި މަސްވެރީންނަށް ފަހިކޮށްދެވޭނެއެވެ.

 

ކަންނެލި ޖަގަހަތައް

 • ކަންނެލީގެ އަގު ބޮޑުކުރުމަށް، ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން އާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް ހެދޭ އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ޤާއިމްކުރެވޭނެއެވެ. އައިސް އާއި ތެޔޮ އަދި މަސްދޯނިފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ފޯރުކޮށްދެވޭނެއެވެ.
 • މީގެ އިތުރުން ސައިހޮޓަލާއި މަސްވެރިންނަށް ބޭނުންވާން އެހެނިހެން ހިދުމަތްތައް އެތަންތަނުން ލިބި، ދެކޮޅު ދަތުރުގެ ފައިދާ އިތުރު ކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވޭނެއެވެ.

ގޭދޮރު މަސްޕްލާންޓް

 • މަސް ކިރާން ކުރަންޖެހޭ ދަތުރު ދިގުވުމާއި، ކިރައިގެން ލިބޭ އަގު ދަށްވުމާއި، ރަށަށް ގެނެސް ކައްކާ ހިއްކައިގެން ލިބޭ އާމްދަނީން ދެކޮޅުނުޖެހުމުގެ ބިރުގައި މިކަމުން ފެޔަށް ޖެހެމުންދާ ކުދި އުޅަނދު ފަހަރަށްވެސް އަލުން އަނބުރާ މަސްވެރިކަމަށް އާދެވޭނޭ ލުއިފަސޭހަ ގޮތްތަކެއް ތައާރަފްކުރެވޭނެއެވެ. މިގޮތުން، ރަށްރަށުގަޔާއި އަމިއްލަ ގޭގޭތެރޭގައިވެސް ކުދި މަސްޕްލާންޓް ހަދާ ހިންގޭނެފަދަ ހަމަތައް ތަޢާރަފްކުރެވޭނެއެވެ.
 • ކައުންސިލް ތަކާއެކު ހެދޭ ކުންފުނިތަކަކުން ރަށަށް ބާން މަސްގަނެ، ތަފާތު ބާވަތްތައް ތައްޔާރުކޮށް، ބަންދުކޮށް، ރަށުން ބޭރުކުރެވޭން ފެށޭނެއެވެ.

މޫދާއި ކުޅީގައި ގޮވާންކުރުން

 • ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި ރާއްޖޭގެ ގުދުރަތީ މާހައުލާ ގުޅޭގޮތަށް މޫދުގޮވާމާއި ކުޅީގައި ގޮވާންކުރުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ހުޅުވާލެވޭނެއެވެ. މިކަމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ ހެޗަރީތައް އުފެއްދުންކަމަށްވާއިރު، ރާއްޖޭގެ ކަނޑު ފަޅާއި ކުޅިފަދަ މާހައުލުތަކުގައި ދިރުވާ އާލާކޮށްގެން ނަފާހޯދޭނޭ ބާވަތްތައް ދެނެގަނެ، އެ ބާވަތްތަކުގެ އެން ފަންޏާއި ބިސް ހިމެނޭ ހެޗަރީތައް އުތުރާއި ދެކުނުގައި ޤާއިމް ކުރެވޭނެއެވެ. އަދި އެމަސައްކަތް ހިންގުމަށްޓަކައި ހުރިގޮންޖެހުންތައް ހަނިކުރުމަށް ކަރަންޓީން ފެސިލިޓީތައް ޤާއިމްކުރެވޭނެއެވެ.

 

 • އަމިއްލަ ފަރާތްތަކަށް މެރިކަލްޗަރގެ މަސައްކަތްކުރުމަށްޓަކައި މާލީއެހީތެރިކަމާއި ލުއި ލޯނު ލިބޭނެ މަގު ފަހިކުރެވޭނެއެވެ. އަދި މެރިކަލްޗަރގެ މަސައްކަތް ހިންގުމަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ގޮތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ މަގު ފަހިކޮށް ދެވޭނެއެވެ.
 • މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރެވޭނެ ގޮތްތައް ބަލައި، މަސްވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރެވޭނޭ ގޮތްތައް ހޯދޭނެއެވެ. ފަރުމަސްވެރިކަން ރަނގަޅުކޮށް މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކުރުމުގެގޮތުން ފަރުމަސް ކަލެކްޝަން ޕޮއިންޓްތައް އެކި ސަރަހައްދުތަކުގައި ހެދޭނެއެވެ. މަސްމާރުކެޓް ތައް ރަނގަޅު ފެންވަރަކަށް ހެދޭނެއެވެ.
 • ހުނަރު ޕްރޮގްރާމްގެ ދަށުން މަސްވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ހިންގައި، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ދިވެހީން ނެރެވޭނެއެވެ. އަދި މަސްވެރިކަން ކުރުމުގެ ޒަމާނީ އުކުޅުތަކާއި ޓެކްނޮލޮޖީ ދިވެހި މަސްވެރީންނަށް ފޯރުކޮށްދެވޭނެއެވެ
 • މަސްވެރިކަން ހީނަރުވުމަށް ދިމާވެފައިވާ އެން ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެން ފެކްޓްރީ ޤާއިމްކޮށް، އެންވެރިކަން އާލާކުރުމުގެ މަސައްކަތް ފެށޭނެއެވެ.

 

ދަނޑުވެރިކަން

 • ގުޅިފައިވާ ޕާޓީތަކުން ތަޢާރުފުކުރާނީ މީހާރަށްވުރެ ލުއިފަސޭހަގޮތެއްގައި ހައްދާ، ފީނުވަނީސް އުފެއްދި ހުރިހާ ތަކެތި އެކުގައި ވިއްކާ ހުސްކޮށް، ވަގުތުން އެތަކެއްޗަށް ފައިސާ ލިބޭނޭ ދަނޑުގޮވާންތެރިކަމެކެވެ. މި ސިޔާސަތުގެ ދަށުން، ޒަމާނީ އެގްރީދަނޑުގައްޔާއި، ގޯތިގޯތީގައި ހެއްދޭ ދަނޑުގޮވުމުންނާއި، ހައިޑްރޯފޯނިކްސް ސިސްޓަމްތަކުން އުފައްދާ ފެހިކުން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަޖެހިފައިވާ އެގްރިބޯޓު މެދުވެރިކޮށް ފޯރުވާ، އެތަކެތި ވިއްކޭނެ ފަދަ އެގްރި ސެންޓަރު ޤާއިމްކުރެވޭނެއެވެ. ހައްދާ ތަކެތި ގިނަކޮށް، ވިއްކި، އެއިން ފައިދާ ލިބޭނޭ ކަމުގެ ކަށަވަރުކަން ދިވެހި ދަނޑުވެރިޔާއަށް ލިބޭނެއެވެ.
 • ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ތަޢާރަފްކޮށް ކެމިކަލް ބޭނުން ކުރުން މަދުކުރެވޭނެ ދަނޑުވެރިކަމުގެ ނިޒާމަށް އަމާޒު ހިފޭނެއެވެ.
 • ޒަމާނުއްސުރެ ރާއްޖޭގެ ދަނޑު ވެރިކަމުގައި ނަގާކިޔާފައިވަނީ އަންހެނުންނެވެ. މިއަގުނުކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކޮށް، އެގްރިވިޔަފާރީގެ އެންމެ ބޮޑު ފައިދާ ނެގުމަށްޓަކައި ދަނޑުވެރި އަންހެނުންނަށް ޙާއްސަ އިނާޔަތްތަކެއް ތައާރަފްކުރެވޭނެ އެވެ.

ދަނޑުވެރިކަން ފުޅާކުރުން

 • ހުނަރު ޕްރޮގްރާމްގެ ދަށުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ދަނޑުވެރިކަމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ދިވެހި ދަނޑުވެރިން ބައިވެރިކޮށް ތަމްރީނުކުރެވޭނެއެވެ. ދަނޑުވެރިކަން ކުރާ، އަދި އަލަށް ފަށާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ލޯނު އެހީ ފޯރުކޮށްދެވޭނެއެވެ. ދަނޑު ވެރިކަމުގައި އަންހެނުންނަން އިސް ދައުރެއް އަދާކުރުމަށް އެހީތެރިވެދޭ ޕްރޮގްރާމްތައް ހިންގޭނެއެވެ. ދަނޑުވެރި އަންހެނުންނަށް ހާއްސަ މާލީ އެހީތެރިކަމާއި ލުއި ލޯނު ސްކީމެއް ތައާރަފްކުރެވޭނެއެވެ.
 • ޖާގަ އޮތް ކޮންމެ ރަށެއްގައި އެގްރިދަނޑު އެޅި، ފަސޭހައިން ދަނޑުވެރިކަން ކުރާނެ ނިޒާމެއް ޤާއިމް ކުރެވޭނެއެވެ. އަދި ޖާގަ ނެތް ރަށްރަށާ ކައިރިން ފަޅުރަށްރަށުގައި އެގްރިދަނޑު އަޅައިދީ ކައިރި ރަށްރަށުގެ ރައްޔިތުންނަށް ހުޅުވާލެވޭނެއެވެ. ކުއްޔަށްދޭ މި އެގްރި ދަނޑުތަކުން ފެން، ކަރަންޓް، މުޑުވައް، ގަސްކާނާ، އަދި ދަނޑުވެރިކަން ކުރަން ބޭނުންކުރާ އެކިއެކި ވަސީލަތްތައް ލިބެން ހުންނާނެއެވެ.
 • ދަނޑުވެރިކަން ކުރުމަށް ބެނުންވާ ސާމާނު ހެޔޮއަގުގައި ފަސޭހައިން ލިބޭނެގޮތް ހަދައިދީ، ރާއްޖޭގައި އުފެއްދެންހުރި ތަކެތި ދެނެގަނެ، އެތަކެތި އުފެއްދުމަށް މަސައްކަތްކުރެވޭނެ އެވެ. މީގެއިތުރުން ފެނުގައި ދަނޑުވެރިކަން ކުރާނެ ހައިޑްރޯޕޮނިކްސް ނިޒާމްތައް ހެދުމަށް ލުއި ލޯން ދުކުރެވޭނެއެވެ. އަދި އޯގަނިކް ފާރމިން ދިރުވުމަށް މަސައްކަތްކުރެވޭނެއެވެ.
 • ރަށުގައި ހައްދާ ތަރުކާރީ އާއި މޭވާ އަދި އެހެނިހެން ތަކެތި ހަލުއިކަމާ ތާޒާކަމާއެކު ބާޒާރު ބަނދަރުތަށް ރިސޯޓްތަކަށް ފޯރުކޮށް ދޭން ހާއްސަކުރެވިފައިވާ އެގްރިބޯޓް ތަޢާރަފްކުރެވޭނެއެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުފައްދާ ތަކެތި ގެއްލިގެންނުދާ ގޮތެއްގައި އޭގެ އާމްދަނީ ދަނޑު ވެރިންނަށް ފުރިހަމަ އަށް ލިބިދިނުމަށްޓަކައި، ރަނގަޅު އަގެއްގައި މިތަކެތި ގަންނާނެ ގައުމީ ކޯޕަރޭޝަން އެއް ޤާއިމްކުރެވޭނެއެވެ. ރާއްޖޭގައި ހައްދާ ތަކެތި ތާޒާކަންމަތީގައި ރާއްޖޭގެ ފިހާރަތައް، ރިސޯޓްތައް، ރެސްޓޯރަންޓްތައް އަދި މާރުކޭޓްތަކަށް ލިބިދޭނެ ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން އުތުރާ ދެކުނުގައި އެގްރިސެންޓަރުތައް ގާއިމްކުރެވި، ޒަމާނީ މުއާސަލާތުގެ ނިޒާމަކުން ދަނޑާއި އެގްރިސެންޓަރުތައް ގުޅާލެވޭނެއެވެ.
 • ރާއްޖޭގައި އާންމުކޮށް ހައްދާ ތަކެތި އިމްޕޯޓްކުރުމަށް އޮތް އުސޫލު، ދިވެހި ދަނޑުވެރިންނަށް ފައިދާވާނެގޮތަށް ބަދަލުކުރެވޭނެއެވެ. ގައުމީ އުފެއްދުންތެރިކަމުގައި އެގްރިވިޔަފާރި ހިއްސާވާ މިންވަރު މަތިކުރެވޭނެއެވެ.

ޕޯލްޓްރީ ފާރމިންގ

 • ޕޯލްޓްރީ ފާމިން ފުޅާ ދާއިރާއެއްގައި ހިންގުމަށް ބޭނުންވާ އިންތިޒާމްތަކާއި ވަސީލަތްތައް ޤާއިމް ކުރެވޭނެއެވެ. ރާއްޖެއަށް ބޭނުންވާ ކުކުޅުބިހާއި ކުކުޅުގެ ބާވަތްތައް ރާއްޖެ އަށް އިމްޕޯޓްކުރަންޖެހޭ މިންވަރު ދަށްކޮށް، އުފެއްދުންތެރިކަން އިތުރުކުރެވޭނެއެވެ.

ދަތުރުފަތުރު

 • ޖަޒީރާވަންތަކަން ނަގާލެވޭ ގޮތަށް ރަށް ރަށުން މީހުން ލައިގެން ގެނެސް އެއްފަސްކޮށް ތޮއްޖެއްސުމުގެ ދެއުޅިއެއްނުވާ ވިސްނުމުގެ ބަދަލުގައި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތަކީ ޖަޒީރާވަންތަ ސިފަޔާއި ފުށުނާރާގޮތަށް ރަށު ބަންދުން ފިލުވުމެވެ. ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިރާ ރަށްރަށާއި އާބާދީތައް ގުޅުވާލުމެވެ.
 • އަމިއްލަ ރަށުގައި އާއިލާއާއެކު ފިތިބާރުނުވެ ދިރިއުޅެމުން، ފަސިންޖަރުންނާއި މުދަލާއި ޚިދުމަތް އެއްރަށުން އަނެއް ރަށަށް ފޯރުވައިދެވޭނެ ހަރުދަނާ އިންތިޒާމެއް ގާއިމްކުރުމަށްޓަކައެވެ.
 • ދަތުރުފަތުރުކުރުމުގެ ރައްކާތެރިކަން އަންހެނުނަށް ކަށަވަރުވާންޖެހެއެވެ. އަންހެނުންގެ ސިއްހަތަށާއި، އާއިލާ ބެލެހެއްޓުމަށާއި، އަދި ދިރިއުޅުމުގެ މަސައްކަތް ދެމެހެއްޓުމަށް ރައްކާތެރި، އަދި ކަންފަހި ދަތުރުފަތުރަކީ އެންމެ އަސާސީ އެއް ބޭނުމެވެ. އެހެންކަމުން މި ގުޅުވާލެވިފައިވާ ފެރީގެ ނިޒާމް ބައްޓަންކުރެވޭނީ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އަދި ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަ ކަމާ އެކީ ވާސިލްވެވޭނޭގޮތަށް އިސްކަންދީގެންނެވެ.

ފެރީ ނިޒާމް ތަރައްގީކުރުން

 • ގުޅިލާމެހިފައިވާ އިގްތިސާދީ ނިޒާމެއް ގާއިމުކުރުމަށްޓަކައި މިހާރަށްވުރެވެސް ބޮޑަށް އެއްރަށް އަނެއް ރަށާއި މުޅި ރާއްޖެ ގުޅާލެވޭނެއެވެ. އަދި މިކަމަށްޓަކައި، ހުރިހާ ރަށެއްގެ ލަފާފުރުމާއި، އަރާ ފޭބުން މިހާރަށްވުރެ ފަސޭހަ ކުރެވޭނެއެވެ. ހުރިހާ ރަށެއްގައި ބަނދަރު ހަދާ ނިމި، މިތަންތަނަކީ އިގްތިސާދީ ހަރަކާތްތައް ހިންގާ ބާޒާރު ބަނދަރުތަކަށް ހެދޭނެއެވެ.
 • މުޅި ރާއްޖެ ގުޅިލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމް އިތުރަށް ތަރައްގީކުރެވޭނެއެވެ. މިނިޒާމު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މުދާ އުފުލުމަށް ބޭނުންކުރާ ސަޕްލައި ފެރީތައް ތައާރަފްކުރެވޭނެއެވެ. އަދި ކޮންމެ ރަށެއްގައި ފެރީޓާމިނަލެއް ގާއިމް ކުރެވޭނެއެވެ. އެއްރަށުން އަނެއް ރަށަށް ދާން ބޭނުންވާ ފަސިންޖަރުންނަށް މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިޔުގަ އެކުލެވިފައިވާ ގޮތާއި ތާވަލް ފެންނާން ބެހެއްޓޭނެއެވެ. އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ނިސްބަތުން އެންމެގިނަ މިދިވެހިރާއްޖޭގެ އަމިއްލަ އުޅަނދުފަހަރަށްވެސް މިވިޔުގައިގެ ތެރެއިން ޖާގަ ފަހިކޮށްދެވޭނެ އެވެ. ކުރާ ދަތުރުތަކުގެ ދެކޮޅުދަތުރަށް ފަސިންޖަރުންނާއި އަގު ލިބޭނޭ ގޮތްތައް ހޯދި، އަނދާ ތެލުގެ އިސްރާފު މަދުކުރެވޭނެއެވެ.

ރަށްރަށް ގުޅުވާލުން

 • އެއް ފަޅެއްގެ ތެރޭގައި ފާލަމަކުން ގުޅާލެވޭގޮތައް ހުރި މީހުން ދިރިއުޅޭ ރަށްތައް ފާހަގަކޮށް، އެ ރަށްތައް އެއްރަށް އަނެއްރަށާއި ގުޅާލުމުގެ މަސައްކަތް ކުރެވޭނެއެވެ.

ވައިގެ ދަތުރުފަތުރު

 • އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށް ވުރެ ވަރަށް ބޮޑު ތަނުން ކުޑަކުރެވޭނެއެވެ. ގެސްޓުހައުސް ވިޔަފާރި އިތުރަށް ކުރިއެރުވުމަށާއި، މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ގެސްޓުންގެ އަތުން އެތެރޭގެ އުދުހުންތަކަން މިހާރު ނެގެމުންދާ އިންތިހާއަށް ބޮޑު އަގުތައް އެމީހުންނަށް ބުރައަކަން ނުވާ ވަރަށް ތިރިކުރެވޭނެއެވެ. އަދި އެއަރޕޯޓް ތަކާއި އަތޮޅުތަކުގެ ފެރީނިޒާމާއި ގުޅުވާލާ، މުޅިރާއްޖެއަށް ހުރަހަކާނުލާ ދަތުރުފަތުރު ކުރެވޭނޭ ލުއިފަސޭހަ ނިޒާމެއް ޤާއިމްކުރެވޭނެއެވެ.
 • ރާއްޖެއާއި ރާއްޖެއިންބޭރާއި ގުޅާލެވޭ ވައިގެ ގުޅުންތައް ހަމައެކަނި ހުޅުލޭ އެއާޕޯޓަށް ބަރޯސާކޮށްފައި ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަޤްވާމީ ފެންވަރަށް ވަސީލަތްތަކާއި ޚިދުމަތްތައް ޤާއިމްކުރެވިފައިވާ ބައިނަލްއަޤްވާމީ ދެ އެއަރޕޯރޓް ޤާއިމްކުރެވޭނެއެވެ. އެ ސަރަހައްދުތަކުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ސީދާ ބޭރަށް ދަތުރުކުރެވުމާއި ވައިގެ މަގުން އެ ސަރަޙައްދުތަކަށް މުދާ އުފުލުމުގެ ދޮރު ހުޅުވާލެވި ދެކުނާއި އުތުރުގެ ވިޔަފާރި ފުޅާކުރެވޭނެއެވެ.

ފަތުރުވެރިކަން ހަރުދަނާކުރުން

 • ފަތުރުވެރިކަމުގެ އާމްދަނީ އެންމެ ފުޅާގޮތެއްގައި ރަށްރަށުގެ ރައްޔިތުންނަށް ލިބޭނޭ މަގު ފަހިކޮށްދިނުމަށް ތައާރަފްކުރި ގެސްޓްހައުސްގެ ވިޔަފާރި މާބޮޑަށް ފުޅާކުރެވި ތަރައްގީކުރެވޭނެއެވެ. 2000 ވަނަ އަހަރު ގެސްޓްހައުސް ވިޔަފާރި ތައާރަފްކުރެވިގެން ދިއުމުން ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާ ސީދާ ރަށަށް ލިބިގެންގެންދާކަމީ ފެންނާން އޮތް ހަގީގަތެކެވެ. ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއަރުވާ ރާއްޖޭގެ ހުރީހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ގެސްޓްހައުސްގެ އިތުރުން، އައިލަންޑް ހޮޓަލާއި، ބުޓީކް ހޮޓަލާއި ހޯމްސްޓޭ ތައާރަފްކުރެވިގެންދާނެއެވެ.
 • ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމުގައި އިސްލާމްދީން ފުށުނާރާގޮތަށް އަދި ދިވެހިވަންތަކަމަށް އުނިކަން ނާންނާނެ ގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ބައްޓަން ކުރެވޭނެއެވެ. އަދި ހަރުދަނާ ޤަވާއިދުތަކެއް ތަޢާރަފް ކުރެވި ދިވެހިންނާއި ޓޫރިސްޓުންނަށް ރައްކާ ތެރިކަން ކަށަވަރުކުރެވޭނެއެވެ. އަދި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި އިސްލާމިކް ޓުއަރިޒަމް ތަޢާރަފްކޮށް، ތަރައްޤީކުރެވިގެންދާނެއެވެ.

ފަތުރުވެރިކަން ކުރިއެރުވުން

 • ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާކިޔުމާ، ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޕްލޭންތައް ހެދުމާއި، ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާ، ރަށުން ލިބެންހުންނަ ހުރިހާ ހިދުމަތެއް އެކުލެވޭ ރަށު ވެބްސައިޓް ބެލެހެއްޓުމާ، ރަށް މާކެޓްކުރުމާއި، ހުރިހާ ކަމެއް ކުރާ ފަރާތަކީ ރަށު ކައުންސިލްގެ އިދާރާ (ރަށު ފްރަންޓް އޮފީސް) އެވެ. ރަށުގެ ފަތުރުވެރިކަމުގެ ޕްލޭން ކަނޑައަޅާނީ ލޭންޑް ޔޫސް ޕްލޭންއާއި އެއްގޮތަށް ރަށު ކައުންސިލްއިންނެވެ.
 • ފަތުރުވެރިކަން އިސްތިހާރުކުރުމަށް މިހާރު އޮތް ބަޖެޓް ތިންގުނައަށް އިތުރުކޮށް ރިސޯޓްތަކުގެ އިތުރުން ރަށްރަށާއި ގެސްޓްހައުސްތަކާއި ޔޮޓްފަހަރު އިސްތިހާރުކުރަން ފެށޭނެއެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތެރޭގައި ލޯކަލް ޓޫރިޒަމްގެ ޚިދުމަތަށް ކަނޑައެޅިފައިވާ ސެކްޝަނެއް ޤާއިމްކޮށް ލޯކަލް ޓޫރިޒަމް ހަރުދަނާކުރެވޭނެއެވެ.
 • ފަތުރުވެރިކަމުން ރައްޔިތުންނަށް ލިބޭ މަސައްކަތާއި ވަޒީފާގެ ފުރުސަތުތައް އާއްމުކޮށް އިތުރުކުރުމާއި، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ މެނޭޖްމަންޓް ދާއިރާގައާއި ފަންނީ މަޤާމުތަކުގައި ދިވެހިން ހިމެނޭ މިންވަރު އިތުރުކުރެވޭނެއެވެ. ކޮންމެ އަތޮޅަކަށްވެސް އެކަށީގެންވާ މިންވަރަށް ޓޫރިޒަމް ތަޢާރަފްކުރެވި، ޢާއިލާއާއި ދުރުގައި ވަޒީފާ އަދާކުރުމުގެ މައްސަލަވެސް ކުޑަކުރެވޭނެއެވެ.

ޓެކްސްޕްރީ ސަރަހައްދުތައް ގާއިމްކުރުން

 • ރާއްޖޭގެ އުތުރާއި ދެކުނާއި، އަދި މެދުރާއްޖެތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޑިއުޓީ އާއި ޓެކްސް ލުއިކުރެވި އިގްތިސާދީ މަރުކަޒްތަކެއް ގާއިމްކުރެވޭނެއެވެ. މިމަރުކަޒުތަކުގައި ވިޔަފާރީގެ ފުރުސަތުތަކާއި އިގްތިސާދީ ހަރަކާތްތައް މާލެއަށްވުރެ ލުއިފަސޭހަ ކުރެވޭނެއެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކުރެވިފައިވާ ސީ ޕޯރޓްތަކަށް ރާއްޖެއިން ބޭރުން ގެނެސް ބޭލޭ މުދަލަށް ދައްކަންޖެހޭ ޓެކްސްތައް ކުޑަކުރެވި އެސަރަހައްދުތަކުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުސަތު ނުހަނު ތަނަވަސް ކޮށްދެވޭނެއެވެ. މި ސަރަޙައްދުތަކުގައި ރީޖަނަލް ޑިވެލޮޕްމެންޓްގެ މަސައްކަތް ހިންގި، މި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ އުމްރާނީ ވަޞީލަތްތަކާއި ޚިދުމަތްތައް ޤާއިމްކުރެވި ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވިގެންދާނެއެވެ.

ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދިނުން

 • ވިޔަފާރިތަކަށް ދަތިވާ ގޮތަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ހެދިފައިވާ ގަވާއިދުތައް އިސްލާހުކުރެވި ވިޔަފާރިވެރިންނަށް ހުރި އުނދަގޫތަކާއި ހުރަސްތައް ދެނެގަނެ އެކަންކަން ނައްތާލެވި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމަށް ފަހި ވިޔަފާރި މާހައުލެއް ގާއިމްކުރެވޭނެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ އާއި ފަންނީ އެހީތެރިކަން ފޯރުވާދިނުމަށް ހާއްސަ މަރުކަޒުތައް ހެދޭނެއެވެ. މިފަދަ ވިޔަފާރިތަކަށް ހާއްސަ ބޭންކެއް ގާއިމުކުރެވޭނެއެވެ. މި ބޭންކުން ޒުވާނުންނާއި އަންހެނުންނަށް އަދި ޓެކްނޮލޮޖީ ބޭނުންކުރާ އައު ވިޔަފާރިތަކަށް ޚާއްސަ އިސްކަމެއް ހޯދައިދެވޭނެއެވެ.
 • ޤާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެވެ އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވޭނެއެވެ. ވިޔަފާރިތަކުން ބޭނުންވާ މަސައްކަތްތެރިންނާއި މުވައްޒަފުންނަށް ދެފުއްފެންނަ ލުއި ފަސޭހަ ނިޒާމެއްގެ ތެރޭގައި ދެމިތިބެވޭނޭ ވަޒީފާ މާހައުލެއް ގާއިމްކޮއްދެވޭނެ އެވެ.
 • ސަރުކާރު ކުންފުނި ތަކަކީ އާއްމު ވިޔަފާރިތަކާ ވާދަނުކުރާ ކުންފުނިތަކަކަށް ހެދުމާއި، އެކުންފުނި ތަކަކީ ގަނޑުކޮށް ބޮޑެތި ވިޔަފާރި ހިންގާ ކުންފުނިތަކަކަށް ބަދަލުކުރެވޭނެއެވެ. އަދި ގަނޑުކޮން (ކަރުދާސް، ކުކިނގް އޮއިލް، ކޮސްމެޓިކްސް، އަދި އެހެނިހެން) މުދާ ރާއްޖެ ގެނެސް ޕެކްކުރުމާއި ފުޅި، ދަޅުގައި ބަންދުކުރަން އަދި ރީސައިކްލް ކޮށްގެން ތަކެތި އުފައްދާ ކުންފުނިތަކަކަށް ހެދޭނެއެވެ. މިބަދަލާއެކު ތަކެތީގެ އަގު އެތައް ތަނަކުން ކުޑަ ކުރެވި، ރާއްޖެ އެތެރެކުރެވޭ ޕްލާސްޓިކާއި، މާބޮޑު ބޭނުމެއް ނުކުރެވި ކުނިބުނީގެ ގޮތުގައި އުކާވާންޖެހޭ ތިމާވެއްޓަށް ނުހަނު ގެއްލުން ހުރި ކިތަންމެ ބާވަތެއްވެސް ރާއްޖެ އެތެރެވުން މަދުކުރެވޭނެއެވެ.
 • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ރައްކާތެރިކޮން ކުރިއެރުވުމަށްޓަކައި ޤާނޫނުތައް އިޞްލާޙުކުރެވޭނެއެވެ.

އިސްލާމިކް ފައިނޭންސް

 • ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކުން އިސްލާމިކް ފައިނޭންސްގެ ނިޒާމު ފުޅާކޮށް، ތަރައްޤީކޮށް، ބައިނަލްއަޤްވާމީގޮތުން ފާހަގަކޮށްލެވޭފަދަ އިސްލާމިކް ފައިނޭންސް ގެ މަރުކަޒަކަށް ރާއްޖެ ހެދިގެންދާނެއެވެ. އިސްލާމީ އުސޫލުތަކުގެ މަތިން ކުރިޔަށްގެންދެވޭ އިސްލާމިކް ސޮވެރިން ވެލްތް ފަންޑެއް ޤާއިމުކޮށް ތަރައްޤީކުރެވޭނެއެވެ.

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުން

 • ކަޅު ބާޒާރުގައި ބޮޑު އަގުގައި، ބޭރު ފައިސާ ގަންނަންޖެހުމުގެ މައްސަލައަށް ޙައްލު ހޯދައި، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ލިބޭ ބޭރުފައިސާ ދިވެހި އިޤްތިޞާދުގައި ދައުރުވާ މިންވަރު އިތުރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެއެވެ. އަދި ޤައުމަށް ބޭރުފައިސާ ލިބޭ މިންވަރު އިތުރުކުރުމަށްޓަކައި ފަތުރުވެރިކަމާއި ބޭރުފައިސާ ވަންނަ އެހެނިހެން ސިނާޢަތްތައް ފުޅާކޮށް، އިތުރު ސިނާއަތްތައް ޤާއިމު ކުރެވޭނެއެވެ.

ޓެކްސް ނިޒާމް ހަރުދަނާކުރުން

 • ޓެކްސްގެ ނިޒާމް ތަޢާރަފްކުރެވުނީ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ވިޔަފާރި ވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ސަރުކާރުން ދައުލަތުގެ ފައިސާއިން ހިންގޭ މަޝްރޫއުތައް އިތުރުކުރުމަށެވެ. ނަމަވެސް، މިހާރު އެ ނިޒާމު ވަނީ އެތައް ގޮތަކަށް ބަދަލުވަމުންގޮސް ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ތަކްލީފުކަށް ބަދަލުވެފައެވެ. އެހެންކަމުން، ވިޔަފާރިތަކަން ހިންދެމިލެވޭނޭ ގޮތަށް ދައުލަތުގެ ޓެކްސް ނިޒާމަށް ބަދަލުގެނެވޭނެއެވެ. އަދި ޓެކްސްގެ ނިޒާމުގެ ތެރެއިން ކުރެވޭ ޖޫރިމަނާތައް ރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތަށް ރިވިއުކުރެވޭނެ އެވެ. މީރާއަކީ ވިޔަފާރިވެރިންނާ ރައްޓެހި، އިތުބާރުކުރެވޭ ތަނަކަށް ހެދޭނެއެވެ.
 • އޮޑިޓަރުންގެ މައްޗަށް މީރާއަށް ނުފޫޒު ނުފޯރުވޭ ގޮތަށް މިނިޒާމު ބައްޓަންކުރެވޭނެއެވެ. ޓެކްސްއާ ގުޅޭ މައްސަލަތައް ހުށައެޅުމަށް މިހާރު ކުރި ހުރަސްތައް ދައްތާލައި، ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ މިނިވަން ތަނެއް ކަމުގައި ކަނޑައެޅޭނެއެވެ.
 • ފަރުދުންގެ ހިތްހަމަ ޖެހުމާއި ފަރުދީ ތަރައްޤީއަށް އިސްކަންދެވޭނެއެވެ. ޤައުމުގެ މުއްސަދިކަން އެންމެހާ ރައްޔިތުންގެ މެދުގައި ބެހިގެންދާނެ ހަރުދަން އިންސާފްވެރި ޓެކްސް ނިޒާމެއް ޤާއިމް ކުރެވޭނެއެވެ. އެގޮތުން، ފަރުދުންގެ އާމްދަނީއިން ނެގޭ ޓެކްސް (އިންކަމް ޓެކްސް) ތައާރަފްކުރެވި އިންސާފުވެރި ޓެކްސް ނިޒާމެއް ޤާއިމްކުރެވޭނެއެވެ.

ޖީއެސްޓީއާއި ބީޕީޓީ

 • ކުރިއަށް ދައްކާ އަންދާޒާ ބީޕީޓީ އަކީ އެވިޔަފާރިއަކުން އެ އަހަރަކަށް އަންދާޒާކޮށްގެން ދައްކާ އެއްޗަކަށް ހެދޭނެއެވެ. އަދި ޓެކްސް ނިޒާމް ތައާރަފްކުރި މަޤްސަދާ އެއްގޮތަށް އިމްޕޯޓް ޑިއުޓީ ކުޑަކުރެވޭނެއެވެ. އަސާސީ ޚިދުމަތް ނުލިބޭ ދާއިރާތަކުން ނެގޭ ޖީއެސްޓީ މުރާޖައްކުރެވޭނެއެވެ.
 • މީގެއިތުރުން، އާންމު ރައްޔިތުންގެ ފޯނުގެ ޚިދުމަތުންނާއި، ފެރީގެ ޚިދުމަތުންނާއި، އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕެކްސްފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލެވޭނެއެވެ. ކުރިން ވެސް އަމަލުކުރެވުނު އުސޫލުން ޖީއެސްޓީ ނުނެގޭނެ ބާވަތްތަކުގެ ލިސްޓް ތައްޔާރުކުރެވި، ވިޔަފާރިގެތަކުގައި ދައްކަން ބެހެއްޓޭނެއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާ މިންވަރަކުން ޖީއެސްޓީ ރިވިއުކޮށް ދަށްކުރެވޭނެ ގޮތްތައް ހޯދޭނެއެވެ.

ދައުލަތުގެ އާމްދަނީ

 • ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަރަންޏަށް ބަރޯސާވުން ކުޑަ، ފަންވަރުހުރި އިޤްތިޞާދެއް ބިނާކުރެވޭނެއެވެ. ޤައުމުގެ ފުދުންތެރިކަން އިތުރުކުރުމަށާއި ދައުލަތުގެ ދަރަނި ހަމަމަގަށް އެޅުވުމަށާއި ދިވެހިރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު އުފެއްދުމަށް ބޭރުގެ ދަރަނި ކުޑަކުރެވޭނެގޮތްތައް ރާވައި ރާއްޖޭގެ ފައިނޭންޝަލް ރޭޓިންގއަށް އިތުބާރު އުފެއްދޭނެއެވެ.
 • ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކަރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ނައްތާލައި، ހިންގުމުގެ ޚަރަދުތައް ކުޑަކުރެވޭނެއެވެ. އުރަނީ ބަޖެޓަކްއި ދިމާލަށް މިސްރާބު ޖެހޭނެއެވެ.
 • ނެގެ ފޯނުތަކާއި ހެދިފައިހުރި ކޮންޓްރެކްޓްތަކަކީ ދިވެހި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރިގޮތުގައި ބައިނަލްއަގުވާމީ ހަރުދަނާ އުސޫލުތަކާ އެއް ގޮތައް ހިންގިފައިހުރި މުއާމަލާތްތަކަކަށް ވާންޖެހެއެވެ. އަދި މިއީ ހީލަތްތެރި ދަރަނީގެ ދަންތުރަތަކަކަށްވެ، ގައުމުގެ ސިޔާދަތައް ގެއްލުންވާނެ މުއާމަލާތްތަކަކަށް ވެގެން ނުވާނެއެވެ. އަދި އުސޫލުން އެންމެ ފައިދާހުރިގޮތް ނޫން ގޮތްގޮތައް ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރެވޭނެއެވެ.
 • ދައުލަތުގެ ދަރަންޏަށް ދައްކަންޖެހޭ ފައިސާ އެތައް ގުނަޔަކުން އިތުރުވެފައިވުމުން ތަރައްޤީގެ މަޝްރޫއުތަކަށް ކުރިއަށް އޮތް އަހަރުތަކުގައި ބޭނުންވާނެ ފައިސާ ހޯދުމަށް ސޮވެރިން ވެލްތު ފަންޑް ބޭރުގައި ލިސްޓްކޮށް، އެ ޕްރޮޖެކްޓްތަކަށް ހެޔޮ އަގުގައި ފަންޑު ހޯދޭނެ ނިޒާމެއް ގާއިމު ކުރެވޭނެއެވެ.

ޤައުމީ ތަރައްޤީގެ މިސްރާބު

 • ޤައުމީ ތަރައްޤީގެ މިސްރާބު އަވަސްއަވަހަށް ބަދަލުވިޔަ ނުދިނުމަށްޓަކައި، ޤައުމީ ތަރައްޤީގެ ޤާނޫނެއް ފާސްކޮށް، މި ޤާނޫނުގެ ދަށުން ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނަކާއި ސެކްޓޯރަލް މާސްޓަރ ޕްލޭންތަކާއި ސްޕޭރޝިއަލް ޕްލޭންތައް އެކުލަވާލެވޭނެއެވެ. އަދި އެޕްލޭން ތަކަކީ ޤައުމީ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ޤުދުރަތީ މުއްސަދިކަން އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ އަދި ދައުލަތުގެ ބަޖެޓާއި ސީދާގޮތެއްގައި ގުޅިފައިވާ ޕްލޭންތަކަކަށް ވާނެއެވެ.

ޓްރާންސްޝިޕްމެންޓް ބަނދަރު

 • އެތައް ހާސް ޓޭންކަރުތަކެއް އެތައް މިލިއަން ޓަނުގެ މުދަލާއެކު ރާއްޖޭގެ ކަނޑުތައް ހުރަސްކު ވެއެވެ. ރާއްޖެއަށް ލިބިފައި މިވާ ނަސީބުގެ އެންމެ އެދެވޭ ބޭނުން ހިފައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ވަރުގަދަ ޓްރާންސްޝިޕްމެންޓް ބަނދަރެއް ރާއްޖޭގައި ޤާއިމު ކުރުމީ ގުޅިފައިވާ ޕާޓީތަކުގެ ވަރަށް މުހިންމު އަމާޒެކެވެ.
 • ޓްރާންސްޝިޕްމެންޓް ބަނދަރު ހެދިގެންދާނީ ސަރަޙައްދީ ހަމަޖެހުމަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެންނެވެ. އަދި ތެޔޮއެޅުމުގެ ޚިދުމަތާއި، އުޅަނދުފަހަރު މަރާމާތުކުރުމަށް ބޭނުން ކުރެވޭނެ ބޯޓު ޔާޑުތަކާއި، ގުދަންތަކާއި، ޒަމާނީ ޓްރާންސްޝިޕްމެންޓް ބަނދަރަކާއެކުގައި މުހިންމު ވާނެ އެންމެހާ ޚިދުމަތްތަކާއި ވަސީލަތްތަކާއެކުގައެވެ.

ޑިޖިޓަލް ސަރުކާރާއި އޯޕަން ޑޭޓާ ސިޔާސަތު

 • އޯޕަން ޑޭޓާގެ ސަބަބުން، ކޮރަޕްޝަޔާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސޭހަވެގެން ދިއުމުގެ އިތުރުން ޕަބްލިކް ސެކްޓަރގެ ނަޒާހަތްތެރިކަމާ ދެފުށްފެންނަ މިންވަރު އިތުރުވެ އިޤްތިސާދީ ކުރިއެރުމާއި އިޖްތިމާއީ އުފެއްދުންތެރިކަމަށް އެހީތެރިކަން ލިބިގެންދެއެވެ. ސަރުކާރުގެ ތަފާސްހިސްބާ ޑާޓާ އާއްމުންނަށް ފެންނަ ގޮތަށް ހާމަކުރުމުން ރައްޔިތުންނަށް ސަރުކާރަށް އިތުބާރުކުރުމަށް ފަސޭހަވެ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފަސޭހަ ގޮތްތައް ހޯދިގެން ދާނެއެވެ. އަދި ސަރުކާރުގެ ބޭރުން، ތަފާތު ޚިދުމަތްތައް ރައްޔިތުންނާ ގާތުން، ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމްތައް ތައާރުފްކުރުމަށް މުޖުތަމަޢުގެ އެކި ފަރާތްތަކުން ކުރާ އީޖާދުތަކުންވެސް މަގުފަހިވެގެންދެއެވެ. ޑިޖިޓަލް ސަރުކާރެއްގެ އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އޮފީސް ބަންދު ގަޑިތަކުގައިވެސް ލިބުމަށް ހުރަހެއް ނޯންނާނެއެވެ. އެކި ޚިދުމަތްތައް ލިބިގަތުމަށް ބޭނުންވާ ފޯމްތައް ޑައުންލޯޑް ކުރެވުމުގެ އިތުރުން ހުށަހެޅުމަށާ މައުލޫމާތު ލިބިގަތުމަށްވެސް ދޮރު ހުޅުވިގެންދާނެއެވެ. މިކަމުގެ ސަބަބުން އެކި ގަޑިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަވެ، މަސައްކަތް ހަލުވި ބާރުމިނުގައި ހިނގަމުންދާނެއެވެ.
 • އަދި ހަމައެކަނި ސަރުކާރުން ރަށްޔިތުންނަށް ބޭނުންވަނީ ކޮން ޚިދުމަތްތަކެއްތޯ ދެނެގަނެ އެޚިދުމަތްތަކެއް ފޯރުކޮށްދޭން މަސައްކަތްކުރުމުގެ ބަދަލުގައި މިފަދަ ނިޒާމެއް ޤާއިމް އޯޕަން ޑޭޓާ ސިޔާސަތުގެ ދަށުން މައުލޫމާތުތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތް ވުމުން، ރައްޔިތުން އަމިއްލައަށް ބޭނުންވާ ޚިދުމަތްތައް ލިބިގަންނާނެ ގޮތްގޮތް އެހެންމީހުންނަށް ފޯރުކޮށްދޭނެ ގޮތްގޮތް ކަނޑައެޅުމަށް މަގުފަހިވެގެން ގޮސް، ރައްޔިތުން ބާރުވެރިވެ ބޭނުންވާ ޚިދުމަތް އެންމެ އެދެވޭ ގޮތަށް އެންމެ ލުއި ފަސޭހަ އަވަސް ގޮތަކަށް ލިބުމަށް ބާރަކަށްވާނެއެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ތަޖުރިބާކާރުންނާ އެންމެ ފަހުގެ ވަސީލަތްތަކުގެ އެހީގައި ޑިޖިޓަލް ގަވަރމަންޓް މާސްޓަރ ޕްލޭނެއް އެކުލަވާލެވި، އަދުގެ ދުނިޔޭގައި މިސާލުޖަހާފަދަ “ސްމާޓް ނޭޝަން” އަކަށް ވުމަށް މިސްރާބުޖަހަން ފެށޭނެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދެވޭ އިންޓަނެޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް އަދި އިންޓަނެޓްގެ އަގު އަތްފޯރާފަށަށް ތިރިކުރެވޭނެއެވެ. އޮންލައިން ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދެވި، ރާއްޖެއިން ބޭރުގެ އޮންލައިން ޕޭމަންޓް ނިޒާމުތައް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބަލައިގަތުމުގެ ލުއިފަސޭހަ ނިޒާމުތައް ޤާއިމު ކުރެވޭނެއެވެ.

މަސްނޫއީ ވިސްނުން

 • އާ ސިނާޢީ އިންގިލާބަކާ ދިމާލަށް ދުނިޔޭގެ އިޤްތިޞާދު މިސްރާބު ޖަހާފައިވާއިރު އާޓިފިޝަލް އިންޓެލިޖެންސްއާއި ކޮމްޕިއުޓަރ ބޭސްޑް ލާރނިން އަކީ ދުނިޔޭގެ ވަރުގަދަ އިޤްތިޞާދުތަކުން ވަރަށްބޮޑަށް މިއަދު އިސްކަންދޭ ދާއިރާތަކެކެވެ. އެހެންކަމުން ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާ އެއްހަމަ އެއްގައި ރާއްޖެއިން ފައިހަމަކުރުމަށްޓަކައި ހަރުދަނާ ޕްލޭންތަކެއް ރާވައި، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި މަސްނޫއީ ވިސްނުމާއި، މެޝިން ލަރނިންގ، ޑީޕް ލަރނިންގ އަދި ކޮމްޕިއުޓަރ އިންޖިނިއަރިންގ ފަދަ ދާއިރާތަކުގެ ދައުރު މިހާރަށްވުރެ އެތައް ގުނައެއް ފުޅާކުރެވިގެންދާނެއެވެ. މިދާއިރާއިން އިންވެސްޓްމެންޓުތައް ފެށުމަށް މަގުފަހިކޮށްދެވޭނެއެވެ.

ފަހުރުވެރި ދިވެހި އާއިލާ

 • އަހަރެންނާއި އަހުރެންގެ އާއިލާއަކީ އަހަރެމެންގެ ހަލާލު މަސައްކަތުން ޢާމްދަނީ ހޯދާއި ހަމަ އިސްކޮޅަށް ތެދުވެތިބި ދިވެހި އާއިލައެވެ. އަހަރެމެންގެ ގެޔަކީ ދިވެހި އިގްތިސާދުގެ ނާރެހެވެ. އަހަރެމެނަށް ލިބިހުރި ހުނަރާއި ކުރާ މަސައްކަތުގެ ހަމައަގު ލިބި، ނަޒާހާތްތެރިކަން ގަދަރުވެރިކަމާ އެކު އަހަރެމެންގެ ގޭބިސީގެ ޚަރަދުބަރަދު ހަމަޖައްސައި ބާކީ ރައްކާކުރާ ބައެކެވެ.
 • އަހަރެމެންގެ ދަރީން މަދަރުސާއަށް ދާނީ ދާހިތުންނެވެ. އެމީހުންނަށް އެކަށީގެންވާ ތައުލީމެއް ލިބޭނޭކަމުގެ ޔަގީންކަމާއި، ކިޔަވަން ބޭނުންވާ އެންމެ މައްޗަކަށް ކިޔެވޭނޭ ކަމުގެ ޔަގީންކަމާއި އެކުއެވެ.
 • އަހަރެންގެ އާއިލާގެ ކޮންމެ މެންބަރަކީ ވިސްނުން ހިންގާގޮތާއި ފިކުރު ހިންގާގޮތް ނުހަނު މިނިވަން މީހެކެވެ. އުފާވެރި ދުޅަހެޔޮ މީހެކެވެ. އަހަރެމެން މާތް ﷲ ފިޔަވައި ޖެހިލުންވާ، ނޫނީ ދަރަނަވެރިވާ ފަރާތެއް ނެތެވެ.
 • އަހަރެމެންގެ ވަށައިގެންވަނީ ހަމަ އަހަރެމެންފަދަ އަވައްޓެރީންނާއި، ތިމާގެ މީހުންނާއި، ކުޑައިރުގެ ރައްޓެހިންނާއި، އެމީހުންގެ އާއިލާތަކުގެ އިގްތިސްދެކެވެ. އަހަރެމެން އެންމެން އުޅެމުން މިދަނީ ޖަޒީރާ ދިވެހިރާއްޖޭގައެވެ. ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމްކުރެވޭނެއެވެ.

 

ބޯހިޔާވަހިކަން

 • ގެދޮރު ހޯދުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ މަގުފަހި ކުރުމަށްޓަކައި ފައިސާ ރައްކާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ފަހަށް ރައްކާކުރުމުގެ މުހިންމު ކަމާމެދު ހޭލުންތެރިކުރެވޭނެއެވެ. ގެދޮރު ކުއްޔަށް ހިފާ ފަރާތްތަކާއި ކުއްޔަށް ދޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ޤާނޫނުތައް އެކުލަވާލައި ހަރުދަނާކުރެވޭނެއެވެ. ބޯހިޔާވަހިކަން ލިބުމަކީ ދިވެހިރައްޔިތުންގެ އަސާސީ އަދި ފަރުދީ ޙައްޤެއްކަމަށް ބަލައިގަނެ، ފަރުދުންނާއި، އެމީހުންގެ އާއިލާތަކަށް އެކަށީގެންވާ ލުއި އަގެއްގައި ބޯހިޔާވަހިކަން ހޯދޭނެ މަގުފަހިކޮށްދެވޭނެއެވެ. ގެދޮރު ބިނާކުރުމަށް ބޭނުންވާ ފައިސާއާއި މާލީ އެހީތެރިކަން އެކަށީގެންވާ ލުއިފަސޭހަގޮތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެއެވެ.
 • ގޯތި ދެވެންއޮތް ރަށް ރަނުން، އެކަމަށް އެދޭމީހުނަށް އިންސާފުވެރި އުސޫލަކުން ގޯތި ދެވޭނެއެވެ. ގޯތިއެޅޭނެ ބިން ނެތް ރަށްރަނު ގައި، ފުލެޓު ބިނާކޮށް އިޖްތިމާއީ ބޯހިޔާވަހިކަމުގެ އުސޫލުން ބޯހިޔާތަކުން ފޯރުކޮށްދެވޭނެއެވެ.

އަމާން ރައްކާތެރި މުޖުތަމައެއް

 • ކުށްކުރުން މަދު ވެށްޓެއް ޤާއިމްކޮށް، މާރާމާރީއާއި އަނިޔާއާއި ހާނިއްކައިން ދުރުހެލިވެ އަލުން ރައްކާތެރި މާހައުލެއްގައި އުޅޭ އުފާވެރި، ބަދަހި މުޖުތަމަ އެއް އުފެއްދޭނެ އެވެ. ފޮށުމާއި ފުރައްސާރައާއި ޖިންސީ، އައި ނަސްލީ ތަފާތުކުރުމާއި، ނިސްބަތްވާ ފަންތި އާއި ގިންތީގެ ގޮތުން ކުރެވޭ ތަފާތުކުރުންތަކާއި ތުނބުޅި ބެހެއްޓުމާއި މޫނުބުރުގާ އެޅުންފަދަ ކަންކަމާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ޤާނޫނުތައް ހެދި، މިކަންކަމާ ދެކޮޅު ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގި، އެންމެނަށް ހަމަހަމަކޮށް ހިތާ މުޖުތަމައެއް، އުފެއްދޭނެއެވެ. ޢާންމުވެފައިވާ ގޭންގްތަކާއި ގޭންގްތަކުން ހިންގާ ބިރުވެރި އަމަލުތައް ނައްތާލެވޭނެއެވެ.

މަސްތުވާތަކެތިން ސަލާމަތްވުން

 • މަސްތުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރެވޭނެއެވެ. ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލެވި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދެވޭނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތައް ދެނެ ގަން، ހިފާހައްޔަރުކޮށް އަދަބުދެވި، މިފަދަ ވިޔަފާރިތައް ހިންގުން ހުއްޓުމަކަން ގެނެވޭނެއެވެ. އަދި މިފަދަ ވިޔަފާރި ހިންގާ ފަރާތްތަކުގެ ޝިކާރައަކަށްވެ، ޑްރަގަށް ދެވިހިފާފައިވާ މީހުންނަކީ މުޖްތަމައަށް ފައިދާހުރި ހެޔޮލަފާ ބައެއްގެ ގޮތުގައި އަނބުރާ ގެނައުމަށް ބޭނުންވާ އެންމެ ފެންވަރު ރަގަޅު ފަރުވާ ލަސްނުވެ ލިބޭނޭ ގައުމީ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭނެއެވެ.
 • ޑްރަގްގެ އެޕިޑެމިކްގެ އަސަރު ތަހައްމަލް ކުރަނީ އާއިލާތަކެވެ. މިކަމުގެ ވޭނާއި، މިކަމުގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އަޅާލުމުގެ ބޮޑު ބުރައެއް އުފުލަނީ އަންހެނުންނާއި އާއިލާތަކެވެ. އެހެންކަމުން އާއިލާތަކުން އުފުލަންޖެހޭ ތަކްލީފްތައް، ކުޑަކުރުމަށް ދައުލަތުން އެހީތެރިވެ އަޅާލުންދޭނެ ނިޒާމެއް ޤާއިމްކުރެވޭނެއެވެ.

އުފެއްދުންތެރި ޒުވާނުން

 • ދުޅަހެޔޮކޮށް ހެޔޮލަފާކޮށް އުޅޭ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރެވޭނެއެވެ. ރަނގަޅު ތަޢުލީމާއި ތަމްރީނު ލިބިގެން ޒިންމާދާރުކަމާ އެކު އެމީހުންގެ ހަޔާތް އަމިއްލައަށް ބައްޓަންކުރާ ގަދަރުވެރި ބަޔަކަށް ހެދޭނެއެވެ. އެކިބާވަތުގެ ހުނަރާއި ހުނަރުވެރިކަން ހުރި ޒުވާނުންނަށް ކުރިއަރާ ދިޔުމުގެ ހުރިހާ މަގެއް ހުޅުވާލަދެވޭނެއެވެ. އާއިލާތަކާއި މުޅި މުޖްތަމައުގައި ބަސްވިކޭ ހަރުދަނާ ބަޔަކަށް ހެދޭނެ އެވެ. އިޖްތިމާއީ ބޭއިންސާފުގެ ޝިކާރައަކަށްވެފައިވާ ކުދީންނަށް އިންސާފު ހޯދައިދެވޭނެއެވެ. ވަޒީފާ އަދާކުރުމުގަޔާއި ވިޔަފާރިއާއި އަމިއްލަ މަސައްކަތްތައް ހިންގުމުގަޔާއި ބިންވެރިވުމާއި ގޯތިގެދޮރު ލިބުންފަދަ އެންމެހާ މުއާމަލާތްތަކުގައި ޒުވާނަކަށްވީތީ އެއްވެސް ކަމެއްގެ ފުރުސަތު ހަނިވުމުގެ ބަދަލުގައި، ކުރިހާ ފުރުސަތުތަކެއް ފުޅާކޮށްދެވޭނެއެވެ.

 

 • ދިވެހި މަސައްކަތްތެރިކަން ފުޅާކޮށް މަސައްކަތްތެރިކަމަށް ދިވެހި ޒުވާނުންގެ ޝައުޤުވެރިކަން އުފައްދައި، އަދި ގެއްލެމުންދާ ދިވެހި މަސައްކަތްތެރިކަން އާލާކުރެވޭނެއެވެ.
 • ޒުވާނުންނާ ގުޅުންހުރި ސިޔާސަތުތަކާއި މަޝްރޫއުތައް ވިލަރެސްކުރުމުގައި ސަރުކާރަށް ލަފާދިނުމައްޓަކައި ޒުވާނުންގެ ކައުންސިލެއްއުފެއްދޭނެ އެވެ. އަދި އެކައުންސިލަކީ ތަފާތު އެކި ދާއިރާތައް ހިމެނޭގޮތަށް އެކުލެވިފައިވާ މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ ކައުންސިލެއް ގޮތުގައި ހަމަޖެއްސޭނެއެވެ.
 • ރަށުގެ އާބާދީއާއި، ފުދުންތެރިކަމާއި، ލިބިހުރި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވާކުދިންނަށް އެންމެ ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް ޖަޒީރާ މަދަރުސާ ހިންގޭނެއެވެ. އަދި ކައުންސިލްތަކުގެ ބެލުމުގެ ދަށުން މަދަރުސާ ބޯޑުގެ އެހީތެރިކަމާ އެކު ހިންގޭނޭ މަދަރުސާތަކަކަށް ބަދަލުކުރެވޭނެއެވެ.
 • މިތަންތަން ހިންގާ ފަރާތްތަކަށް ބޯޑުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެތެރޭގައި ހިމެނޭ ކުދި މަދަރުސާ ތަކުގައި މަލްޓިގްރޭޑް ކްލާސްރޫމް ފަދަ ކުދި އާބާދީތަކަށް އެކަށޭނަ ތައުލީމު ފޯރުކޮށްދިނުމުގެ ޒަމާނީ އުކުޅުތައް ޤާއިމް ކުރުވޭނެއެވެ. އަދި ހުރިހާ މަދަރުސާތައް އެއްދަން ފަޅިއަށް ބަދަލުކުރެވޭނެއެވެ. މިހާރު ތަންފީޒްކުރެވެމުންދާ އާމަންހަޖާއި އެމަންހަޖު ތަންފީޒު ކުރެވެމުންދާ ގޮތާއި ތަޢުލީމީ ނިޒާމަށް ގެނެވެމުންދާ ތަފާތު ބަދަލުތައް ދިރާސާކުރެވި، މުރާޖަޢާ ކުރަމުން ގެންދެވޭނެއެވެ. ސްކޫލްތަކުގެ ހުރިހާ ގްރޭޑް ތަކެއްގައި ޢަރަބި ބަސް ކިޔަވާދެވޭނެއެވެ. އަދި ޓީޗަރުން ތަމްރީން ކުރެވޭއިރު ތައުލީމީ މަންހަޖަށް އަހުލުވެރިކުރެވޭނެއެވެ.
 • ތަޢުލީމީ މުއައްސަސާތަކުން ދެވޭ ތަޢުލީމަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދެވޭ ތަޢުލީމުކުން ކަށަވަރުކުރެވޭނެއެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ޚުލްޤު ހެޔޮ، ދީނީ ޢަޤީދާ ވަރުގަދަ ދަރިވަރަކަށް ހެދުމަށްޓަކައި ތަޢުލީމީ ނިޒާމުގެ ހުރިހާ ހަރުފަތްތަކެއްގައިވެސް އިސްލާމީ އަޚްލާޤަށާއި ތަރުބިއްޔަތަށް އިސްކަންދެވޭނެއެވެ.
 • އިހު އޮންނަ ގޮތަށް ރަށުން ބޭރަށް ގޮސް ގޭގޭގައި ފައިބާތިބޭ ކުދީންގެގޮތުގައި ކިޔަވާން ޖެހުމުގެ ސަގާފަތް މުޅިން ބަދަލުކޮށް، ބޯޑިންގ މަދަރުސާތަކާއި ސަރަހައްދީ ދަނާލުތައް އުފައްދައި، ކުރިއެރުވޭނެއެވެ. ދުރުންދޭ ތަޢުލީމުގެ ފުރުސަތު ފުޅާކޮށް، ކޮންމެ ރަށެއްގައި ހުރެގެން ވެސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށާއި، ކިޔަވާން ބޭނުން ކޮންމެ ޢުމުރު ފުރައެއްގެ ކޮންމެ ދިވެހި ރައްޔިތަކަށް ފަހިކޮށްދެވޭނެއެވެ. ސްކޫލްތަކުގައި އަބަދަށް އުނގެނި ދެނެގަތުމުގެ (ލައިފް ލޯނގް ލަރނިންގ) ހުނަރު ލިބިދީ ޢުމުރުދުވަހަށް ތައުލީމުގައި ދެމިހުރުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.
 • ތައުލީމީ ނިޒާމު އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދަރިވަރުން ތަރުބިއްޔަތު ކުރުމާއި އަދި އިސްލާމް ދީން ނޫން އެހެން ދީންތައް ފެތުރުނަނުދިނުމާ އެކު، އިސްލާމް ދީން ތަފާތު ހަރުކަށި ފިކުރު ފެތުރުނަނުދޭނޭކަން ކަށަވަރުވާ ގޮތަށް ޕްރައިވެޓް ސްކޫލުތަކަށް ހުއްދަ ދިޔުމާއި މޮނިޓަރކުރުމަކީ ތައުލީމާބެހޭ މައި އިދާރާގެ މަސްޢޫލިއްޔަތެކެވެ. އަދި މިކަންކަން ކުރުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރެވޭނެއެވެ. ކިޔަވާކުދިންނަށް ސްކޮލަޝިޕްތައް ފޯރުކޮށް ދިނުމުގެ އިޚްތިޔާރު ހޯދައިދެވި، އިލްމުވެރި ރައްޔިތެއް އުފެއްދުމުގައި ކައުންސިލުގެ ބައިވެރިވުން ބޮޑުކޮށް ދެވޭނެއެވެ.
 • ސްކޫލްތަކަށް ދަތުރު ކުރާގޮތަށް އޮންނަ ދަތުރުފަތުރުގެ ވިޢުގު، ތަކުން ރަށްތައް ގުޅުވާލެވޭނެއެވެ. މާލެއާއި ބޮޑެތި ރަށްރަށުގައި ސްކޫލް ބަސް ތައާރަފްކުރެވި، ގޭ ކަންމައްޗާއި ހަމައަށް ދައުލަތުގެ ބެލެހެއްޓުންތެރިކަމުގެ ދަށުން ސްކޫލްކުދިން އުފުލައިދެވޭނެއެވެ. ސްކޫލްތަކާއި ގެއާއި ވަޒީފާއަދާކުރާ ތަނާ ދެމެދު ބެލެނިވެރީން އުފުލަންޖެހޭ ތަކްލީފުތަކަށް ލުއިކަން ގެނެސްދެވޭނެއެވެ.

 

 • ހުރިހާ ދިވެހީންނަށް މަތީ ތަޢުލީމު ލިބިދިނުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތެވެ. މިކަމަށްޓަކައި ފުދުންތެރިކަން ކުޑަ އާއިލާތަކުގެ ކުދިންނަށް ހިލޭ މަތީ ތައުލީމު ފޯރުވައިދެވޭނެއެވެ. ރާއްޖޭގައި ލިބެން ހުރި އެންމެ މަތީ ދަރަޖައަށް ތަޢުލީމު ހޯދާ އުގެނުމުގެ ފުރުޞަތު ސަރަހައްދީ އާބާދީ މަރުކަޒު ތަކުން ލިބޭނެ ގޮތް ހަމަ ޖެއްސޭނެއެވެ. މަތީ ތަޢުލީމުގެ ލޯނު ސްކީމް ފުޅާކޮށް ގިނަ ފަރާތްތަކަކަށް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެ އެވެ. މަތީ ތަޢުލީމުގެ ފުރުޞަތު ލިބި ކިޔަވަމުންދާ ކުދިންގެ ތެރެއިން ލޯނު ދެއްކު އެހެނިހެން ގޮތްގޮތުން މާލީ އުނދަގޫތައް ދިމާވެފައިވާ ފަރާތްތަކުގެ ލޯނުތަކުގެ މައްސަލަ އަލުން ބަލައި ލުއިފަސޭހަގޮތަކަށް ލޯނު ދެއްކޭނެގޮތަކަށް މަގުފައިކުރެވޭނެއެވެ.
 • ސަރުކާރުގެ އެހީގައި ކިޔަވަން ދެކުދިންނަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުޞަތު ހޯދައި ދެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ މަތީތަޢުލީމުގެ ފެންފަރު ރަނގަޅުކޮށް ހިފެހެއްޓުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ. ޕްރީ ސްކޫލް ތަޢުލީމު ކުރިން ކިޔަވަމުން ދިޔަ ސްކޫލްތަކަށް ބަދަލުކޮށް ކުދިންގެ ފީ ދައުލަތުން ދައްކައިދެވޭނެއެވެ.
 • ސްކޫލްތަކުގައި ބަލިކަށިވެފައި އޮތް އިތުރުއެހީގެ ނިޒާމު ވަރުގަދަކޮށް ހަރުދަނާކުރެވޭނެ އެވެ. ކޮންމެ ކުއްޖަކަށް ބޭނުންވާނެ އުނގެނުމުގެ އެހީތެރިކަން ލިބިދެވެމުން ދާކަން ކަށަވަރު ކުރެވޭނެއެވެ. އޭގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނަށް އުނގަންނައިދިނުމަށް ބޭނުކަންވާ ޒަމާނީ ވަސީލަތްތައް ޤާއިމްކުރެވި އެކަށީގެންވާ ތަމްރީންލިބިފައިވާ ޓީޗަރުން އުފެއްދޭނެއެވެ. ތަފާތު ސްޓްރީމް އިޚްތިޔާރު ކުރިނަމަ ވެސް ތައުލީމު ދިނުމު ގެ މައިގަނޑު ނުގެއްލޭގޮތަށް ބައްޓަންކުރެވިފައިވާ އެމަންހަޖު އެންމެ ހެޔޮގޮތުގައި ތަންފީޒުކުރެވި، ޓިވެޓް ހުނަރުތައް ދަރިވަރުންނަށް ލިބިދެވޭކަން ކަށަވަރުކުރެވޭނެއެވެ.
 • ސްކޫލް އިންޑިކޭޓާރސް އިތުރަށް މުރާޖަޢާކުރެވި، އޭގެ ބޭނުންކޮށްގެން ސްކޫލުތަކުގެ ފެންވަރު ބަލަމުންގެންދެވޭ ގޮތަށް ތައުލީމީ ނިޒާމު ބައްޓަންކުރެވޭނެއެވެ. އަދި ސްކޫލަށް ދާ އުމުރުގެ ހުރިހާ ކުދިން ސްކޫލަށް ދާކަން ކަށަވަރު ކުރެވޭނެއެވެ. ޖަޒީރާ ދަރިވަރު އުނގެއެދެމުންދާނީ އެއްދަންފުޅިއަށް ހިންގޭ ސްކޫލްތަކެއްގައި ވަށައިޖެހޭ ތަޢުލީމެކެވެ.
 • ގްރޭޑް 10 އިން މައްޗަށް ކިޔެވެން ނެތް ރަށްރަށުގެ ކުދީންނަށް އަމާޒުކޮށް ކޮންމެ އަތޮޅެއްގައި ޖޫނިއަރ ކޮލެޖް ގާއިމް ކުރެވޭނެއެވެ. އަދި ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޝައުޤުވެރިވާ ދަރިވަރުންނަން މިތަންރުނުން ފުރުސަތު ހުޅުވާލެވޭނެއެވެ.
 • ރަނގަޅު ފެންވަރުގެ ކުދިން ޓީޗަރ ޓްރެއިނިންގއަށް ޝައުގުވެރިކުރުމާއެކު މިދާއިރާގައި ދެމިތިބުމަށް ބާރު އެޅުމުގެ ގޮތުން ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ކުރެވޭނެއެވެ. ބުރަ ބޮޑުވެ ވެ ބަރުހެލިވުމާއި ހާސްކަމެއް ނެތި ކިޔަވައިދެވޭނެ މާހައުލު ޓީޗަރުންނަށް ތަނަވަސްކޮށްދެވި، އިތުރަށް އުނގެނެވޭނެ ފުރުޞަތުތައް ޓީޗަރުންނަށް ފަހިކޮށްދެވޭނެއެވެ.
 • ކީރިތި ޤުރުއާނާއި އިސްލާމާއި ޢަރަބި ބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް އިތުރު ތަމްރީނުދެވި، މި މާއްދާތަކަށް ދަރިވަރުން އިތުރަށް ޝަޢުޤުވެރި ކުރުވުމަށްޓަކައި މަސައްކަތްކުރެވޭނެއެވެ. ރަނގަޅު ފެންވަރުގެ ކުދިން ޓީޗަރޓްރެއިނިންގ އަށް ޝައުޤުވެރިކުރުމާއެކު މިދާއިރާގައި ދެމިތިބުމަށް ބާރު އެޅުމުގެ ގޮތުން ޓީޗަރުންގެ މުސާރައާއި އިނާޔަތުތައް ބޮޑު ކުރެވޭނެއެވެ. ބުރު ބޮޑުވެ ބުރުހެލިވުމާއި ހާސްކަމެއް ނެތި ކިޔަވައިދެވޭނެ މާހައުލު ޓީޗަރުންނަށް ތަނަވަސްކޮށްދެވި، އިތުރަށް އުނގެނެވޭނެ ފުރުޞަތުތައް ޓީޗަރުންނަށް ފަހިކޮށްދެވޭނެއެވެ.
 • ކޮންމެ ސްކޫލަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްދާއެއް ދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސޭނެއެވެ.
 • ތައުލީމީ މަންހަޖުގައި ސިވިކް އެޑިއުކޭޝަން ހިމެނޭނެއެވެ. އުގެނުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް، ސިވިކް އެޑިއުކޭޝަން ފޯރުކޮށް ދިނުމާއި، ދިވެހިން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކަށް ހޭލުންތެރި ކުރުވައި، އަދި ދިވެހިންނަކީ ޤާނޫނުގެ ވެރިކަމަށް އިޙްތިރާމްކޮށް ދެމެހެއްޓުމަށް އަބަދުމެ މަސައްކަތްކުރާ ބަޔަކަށް ހެދޭނެ އެވެ. ޖިންސީ އަނިޔާއާއި، އަދި މިންތީގެ ހަމަހަމަ ކަމަށް އިޙްތިރާމް ޔުމުގެ ތަރުބިއްޔަތޯއި ތައުލީމް ހިމެނޭނެއެވެ.

 

ހުނަރުވެރީން ތަމްރީނުކުރުން

 • މަސައްކަތްތެރިކަން އުނގެނުމަކީ ސްކޫލް ނިންމާ ދަރިވަރުގެ އެންމެ އުސާސީ އެއް ބޭނުމެވެ. އިހު އޮންނަހެން މާލެ އައިސް ބޮޑު އަގުގައި ކުލީ ދައްކައިގެން ނުވަތަ ދުރުހިލޭ ބައެއްކައިރީ ތިބެގެން ހޮޓެލް ސްކޫލަށް ދިއުމުގެ ބަދަލުގައި، ޓޫރިޒަމް ދާއިރާއަށް ޕްރޮފެޝަނަލް، މީހުން އުފެއްދުމަށް ހަތް ސަރަހައްދެއްގައި ޓްރެއިނިން ސެންޓަރުތައް ގާއިމް ކުރެވޭނެއެވެ. ލޭންޑްސްކޭޕް، ހެރިޓެޖް، ހޭންކްރާފްޓް، ފައިން އާރޓްސް ފަދަ ދާއިރާތަކަށް އިތުރު ހުނަރު ލިބޭނެގޮތް މިތަންތަނުން ހެދިގެންދާނެއެވެ. އަދި ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ އިތުރަށް ފުޅާކޮށް، ސާނަވީ ސްކޫލް ދައުރުގައި މަސައްކަތްތެރި ކަމުގެ އެކިއެކި ފަންނީ ދާއިރާތަކަށް ކުރިއަށް ދާން އެދޭ ދަރިވަރުންނަށް އެފަދަ ފުރުޞަތުތައް ފަހި ކޮށްދެވޭނެއެވެ.
 • ޕާފޯމިން އާޓްސް އާއި މިބާވަތުގެ އެހެން ފަންނުތަކާއި އިޤްތިޞާދުގައި މުހިއްމުކަންދެވޭ އެކިއެކި ދާއިރާތަކުން ތަމްރީނު ހޯދުމަށް ލޯނު ސްކީމެއް، ތައާރަފް ކުރެވޭނެއެވެ. ހަމަ އެހެންމެ ބޮޑުއަގު ދީގެން ބޭރުން ގެނައުމުގެ ބަދަލުގައި ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނާއި ދިވެހި ޑައިވަރުން އުފެއްދުމަށް މާލީ އެހީތޯރިކަން ފޯރުކޮށްދެވޭނެއެވެ. މިކަމަށްޓަކައި ހަތް ސަރަހައްދެއްގައި ޓްރެއިނިން ސެންޓަރުތައް ޤާއިމް ކުރެވޭނެއެވެ.
 • ސްރަކްޗަރޑް އާޓްސް އެންޑް ކަލްޗަރ އަދި ޕިކްނިކް ޒޯންސް ކޮންމެ ރަށަކާ ގާތުގައި ގާއިމުކުރެވޭނެއެވެ. މިތަނުގައި ފިލްމް ސްޓޫޑިއޯފަދަ މަންފާލިބޭ މަސައްކަތްކުރެވޭނެއެވެ.
 • މަސައްކަތުގެ ރަސްމީ ދާއިރާއަށް އަންހެނުން ތަމްރީން ކުރުމުގެ ހާއްސަ މަޝްރޫއުތައް ހިންގޭނެއެވެ.

ދިވެހި މަސައްކަތްތެރިޔާ

 • ދިރިއުޅުމުގެ ޒިންމާތައް ނެގުމުގައި ދެޖިންސުގެ ހަމަހަމަކަން ދައުލަތުން ކަށަވަރުކުރާންޖެހެއެވެ. އަންހެނުންނާއި ފިރިހެނުންނަށް ލިބޭ އުޖޫރު އެއްވަރުކޮށް، އެއްވެސް ދިވެހި މަސައްކަތްތެރިއަކީ އަނެކެއްގެ ތައްޕާހުން އުޅެންނުޖެހޭވަރުގެ މުސާރައިގެ އޮނިގަނޑެއް ޤާއިމް ކުރެވޭނެ އެވެ.
 • އިޤްތިޞާދީ ކަންކަމަށް ރިޢާޔަތްކުރެވި، އެންމެ ދަށް އަސާސީ މުސާރަ (މިނިމަމް ވޭޖް) ގިންތިކުރެވިގެން ކަނޑަ އެޅޭނެއެވެ. ވަޒީފާގައި ދެމިހުރެފޯންރޯ، މުސާރަލިކޯނޯކަމުގެ ރައްކާތެރިކަން ވަޒީފާއަދާކުރާ މަންމައަށްވެސް ބައްޕައަށްވެސް. އަދި ދަރީންނަށްވެސް އޮންނާނެއެވެ. އަދި އޭ ކޮމިޝަން މެދުވެރިކޮށް މުސާރައިގެ އޮނިގަނޑު އިންސާފުވެރިކަން ޔަޤީންކުރެވޭނެއެވެ. ދިވެހި މަސައްކަތްތެރިންގެ ޤާނޫނު އިސްލާހުކޮށް ޤާނޫނީ ބާރު ތަންފީޒުކުރެވެދެއެވެ.
 • މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި ދިރިއުޅުމާއި ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކަށް ރިއާޔަތްކުރެވި، ޔޫނިއަންތައް އުފައްދައި ޔޫނިއަންތައް ފުރިހަމައަށް ޙަރަކާތްތެރިވުމުގެ ގާނޫނީ އޮނިގަނޑެއް، އެކުލަވާލެވޭނެއެވެ. އަދި މުޅި ރާއްޖެއިން ފަޤީރުކަން ނައްތާލުމަށް އަމާޒުހިފޭނެއެވެ.
 • ސިވިލް ސަރވިސް މުއައްޒިފުންނަށް ހައްޤުވާ އުޖޫރަ ލިބޭނެކަން ކަށަވަރު ކުރެވޭނެއެވެ. ސިޔާސީ މަޤާމު ތަކުގެ އަދަދު މަދުކޮށް ސިވިލް ސަރވިސް ހަރުދަނާކޮށް މެރިޓޮކްރަސީގެ އުޞޫލުން ދައުލަތުގެ މަޤާމުތަކަށް އެކަށީގެންވާ މީހުން ހަމަޖެއްސޭނެއެވެ. ރާއްޖެއިން ލިބެންހުރި މަސައްކަތާއި ވަޒީފާގެ ފުރުސަތުތަކާއިބެހޭ މައުލޫމްތު އެއްކޮށް ބަލަހައްޓާ، އަދި އެމަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު އެ މައުލޫމާތު ލިބޭނެ ވިއުގައެއް ޤާއިމްކުރެވޭނެއެވެ.

ސިއްހަތު

 • ރާއްޖެ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވަނީ ދުޅަހެޔޮ ރައްޔިތެކެވެ. ދުޅަހެޔޮ ރައްޔިތެއް އުފެދެނީ ދުޅަހެޔޮ އާއިލްތަކަކުންނެވެ. ކޮންމެ އާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަ މީހަކަށް ވުމަށްޓަކައި ފުރިހަމަ ސިއްހީ ނިޒާމެއް ބޭނުންވެއެވެ. ރަގަޅު ބޭސް ފަރުވާ ލިބޭން ހުންނަންޖެހެއެވެ. އަދި އެންމެނަށް އަތްފޯރާފަށަށް ބޭސްފަރުވާ ލިބިދެވެންޖެހެއެވެ.
 • އިޖްތިމާއީ ސިއްހީ ޚިދުމަތުގެ ނިޒާމް “އާސަންދަ” ތައާރަފްކުރެވުނު މަޤްސަދު ކަމަށްވާ، ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއްނެއީ ހިލޭ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެއެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ އަދި ޝަކުވާ އެއް ނެތް ޚިދުމަތަކަށް އާސަންދަ ބަދަލުކުރެވިގެން ދާނެއެވެ
 • ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ބަހައްޓަންވާނެ އެދުތަކާ ބެހޭގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މައުލޫމާތާއި ހުނަރު ފޯރުކޮށްދިނުމުގެ ގޮތުން އެކިއެކި ޕްރޮގްރާމްތައް ހިންގޭނެއެވެ. އަދި ގަވާއިދުން ރައްޔިތުންގެ ހާލުބެލި ޑޮކްޓަރަށް އަންގަންޖެހޭ ކަންކަން ބަލާ އެންގުމަށްޓަކައި ހަރަކާތްތެރިވާނެ ތަމްރީންލިބިފައިތިބި ސިއްހީ ހަރަކާތްތެރިން ބިނާކޮށް ވަޒީފާދެވޭނެއެވެ.
 • ބޭސްފަރުވާހޯދުމަށް ކުރަން ޖެހޭ ދަތުރު ޚަރަދު ކުޑަކޮށް ވީހާވެސް ކައިރިން މަތީ ފެންވަރުގެ ސިއްހީ ޚިދުމުތް ދިނުމައްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕަޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަސީލަތްތައް ޤާއިމްވެފައިވާ ހޮސްޕިޓަލްތައް ޤާއިމް ކުރެވޭނެ އެވެ. ރާއްޖޭގެ ސަރަހައްދުތަކުގައި ސްޕެޝަލައިޒްޑް ހޮސްޕިޓަލް ޤާއިމް ކުރެވޭނެއެވެ. އަދި ކޮންމެ ރަށެއްގައި އަބަދުވެސް ޑަކްޓަރެއް، ހުންނާނެކަން ކަށަވަރު ކުރެވޭނެއެވެ. ރާއްޖޭގެ ހުރިހާ ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއްވިޔުގައަކުން ގުޅާލެވި، ހުރިހު ލެބޯޓަރީތަކެއް ޑިޖިޓައިޒް ކުރެވޭނެއެވެ.
 • ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ކުންފުނިތަކުންއުފައްދާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަރކުރުން ހަރުދަނާކުރެވޭނެއެވެ. މީގެއިތުރުން ދިވެހިބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި ދިވެހިބޭސްވެރިކަން ދަސްކޮށްދިނުމާ ފަރުވާދެވުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ޤާއިމް ކުރެވެދެއެވެ.
 • ރަށްރަށުން ތަމްރީންކުރެވޭ މީހުން އެރަށެއްގައި ނުވަތަ އެސަރަހައްދެއްގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. ގިނަ ރަށްރަށުގައި ޓެލެމެޑިސިން ތައްރަފްކުރެވި ކޮންސަލްޓޭޝަން ފުޅާކުރެވޭނެއެވެ.

އާންމު ސިއްހަތު

 • ޢާއްމު ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގެ މައިގަނޑު އަމާޒަކަށްވާނީ ބަލިވުމުގެ ކުރިން ބަލިން ދުރުކުރެވޭނޭ ވަރަށް ރައްޔިތުން ގެންގޮސްދިނުމަށް މަސައްކަތްކޮށްދިނުމެވެ. ރަށްރަށުގެ އާއްމު ސިއްހީ ޚިދުމަތްތެރީންނަކީ ގަވާއިދުން ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް ކޮންމެ މީހެއްގެ ޙާލުއަހުވާލު ގާތުން ބަލައި ޗެކްކޮށް އިރުޝާދު ފޯރުކޮށްދޭ ބަޔަކަށް ހެދުމެވެ. އަދި މުޅި މިމަސައްކަތް ފަރުވާތެރިކަމާއެކު ހިންގާ ބެލެހެއްޓުމަކީ ކައުންސިލްތަކުގެ އެހީތެރިކަމާއެކު ސިއްހަތާބެހޭ މައި އިދާރާއިން ހިންގާނެ އަދި މޮނީޓަރ ކުރެވޭނެ މަސައްކަތެކެވެ.

ކުޅިވަރު

 • ރާއްޖޭގައި މޫދު ކުޅިވަރު، ފުޅާކުރުމުގެ ގޮތުން އެކި އުމުރުފުރައިގެ ކުދިންނަށް ކުޅިވަރި ކުޅޭނެ ތަކެއްޗާއި އެކަން ދަސްކޮށްދިނުމުގެ ގޮތުން ތަމްރީން ޕްރޮގްރާމް ތައް ހިންގޭނެއެވެ. އަދި ރާއްޖޭގައި އެކި ވައްތަރުގެ މޫދުކުޅިވަރުގެ އިވެންޓްތައް ބޭއްވި އިންޓަނޭޝަނަލް މުބާރަތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރެވޭނެއެވެ.

 

 • ކޮންމެ ރަށަކަށް ނިސްބަތްވާ ޓީމެއް އެކުލެވޭ ގައުމީ ފުޓުބޯޅަ ލީގެއް އުފެއްދޭނެއެވެ. އަދި ހޯމް އެންޑް އަވޭ އުސޫލުން ލީގު މެޗުތަކުގެ މައްޗަށް އެކުލެވޭ ގައުމީ ތާވަލެއް ތައާރަފްކުރެވޭނެއެވެ. ރަށުން ފެށިގެން މުޅި ރާއްޖޭގައި ފުޓުބޯޅައިގެ އެފޯރިއެއް އުފެއްދި، ދަނޑުތައް ފުރާލެވޭނެއެވެ. އަދި މިކަމަށް ބޭނުންވާ ވަސީލަތްތަކާއި އިންތިޒާމްތައް ހުރިހާ ދަނޑެއްގައި ޤާއިމްކޮށްދެވޭނެއެވެ.
 • ދިރޭ މުޖުތަމައުއެއްގައި ދުޅަހެޔޮ ވާދަވެރި މާހައުލެއް، ގާއިމުކުރުމަށްޓަކައި ގައުމީ މުބާރާތްތައް ހޯމް އެންޑް އަވޭ (ކުލަބުތައް) ގައުމީ ފެންވަރުގައި ތައާރަފުކުރެވޭނެއެވެ. ކުޅިވަރުގެ ޒަރިއްޔާއިން، އިޖްތިމާއީ މައްސަލަތައްކަމުގައިވާ ގޭންގު، ކަޓަރު އެޅުން، ވަޅި ޖެހުން، ރާބުއިން، ހަކުރު ބުއިން ފަދަ އިޖުތިމްއީ މައްސަލަތައް މަދުކުރެވޭނެއެވެ.
 • ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށްދިނުންވާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއް އަމާޒަށެވެ. ކޮންމެ އަތޮޅެއްގައި ފުޓްބޯލް ސްޓޭޕާޑިއަމްތަކާއި، އިންޑޯ ކުޅިވަރު ސްޓޭޑިއަމްއެއް ގާއިމްކޮށްދެވޭނެއެވެ. މީގެ އިތުރުން ރަށްތަކުގައި ހުރި ކުޅިވަރު ދަނޑުތައް ދެ އިރަށް ކުޅިވަރު ކުޅެވޭ ފެންނަވަރަށް ތަރައްގީކޮށްދެވޭނެއެވެ.
 • އަދި މީގެ އިތުރުން އީ-ސްޕޯރޓްސް އާއި އަދި ތަފާތު ކުޅިވަރުތަކުގައި ހަރަކާތްތެރިވާން ބޭނުންވާނެ ފަރާތްތަކަށާއި އެހެނިހެން ކުޅިވަރުތައް ތަރައްގީކޮށް ރާއްޖޭގެ ފެންވަރުގަޔާއި ބައިނަލް އަގްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. އަދި ރާއްޖޭގެ ޒަމާންވީ ކުޅިވަރުތައް ކަމަށްވާ، ބޮއްކުރާ ރޫސް، ފަލި ރޭސް ފަދަ ކުޅިވަރުތައް ރަސްމީ ސިފައެއްގައި ރަށު ފެންވަރުގައި އަލުން ހިންގަން ފެށޭނެއެވެ.

ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކުރެވޭނެއެވެ. ފުރުސަތުގެ ހަނިކަން ނައްތާލެވި ހަމަހަމަކަމާއި އެކު ހުރިހާ ޖިންސެއްގެ، ހުރިހާ ފުރައެއްގެ އެންމެނަށް ބައިވެރިވެ އުޅެވޭ ދާއިރާއެއްކަން ޔަގީންކުރެވޭނެއެވެ.

އޯގާތެރި ސަރުކާރު

 • ދިވެހީންގެ އާބާދީގެ ތިންބައިކުޅަ އެއްބައި ބަނޑުހައިހޫނުކަމުގައި ތިއްބާ ރާއްޖެއަށް ތަރައްގީއެއް ނުގެނެވޭނެއެވެ. އިގްތިސޯދީގޮތުން މީ ހާލަތުގައި ގައުމެއް އޮންނައިރު ލިބޭ މަދު ކުރިއެރުންތަކުގެ ފޮނިކަން ފޯރާނީ ވަރަށް މަދު ބަޔަކަށެވެ. ހަގީގީ ތަރައްގީ އަށް ވާސިލުވާން ބޭނުންނަމަ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ދައުލަތުން ވަކި އެހީތަކެއް ވެދޭންޖެހެއެވެ. މިގޮތުން ކޮންމެ ރަށެއްގެ ކޮންމެ ގިންތިއެއްގެ ދެމަފިރިއަކަން ވެސް ލިބޭ ދަރިފުޅު ދުނިޔެއަށް އަންނަނީ ހަމަހަމަކަންމަތީ އަޅާލެވޭ ކުލުނުވެރި ނިޒާމެއްގައިކަން ކަށަވަރުކުރެވޭނެއެވެ.
 • ދިވެހި ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީ، ގަރުބަގަތީއްސުރެ ނެތިދިއުމަށްދާންދެން އިޖުތިމާއީ ރައްކާތެރި ނިޒާމުގެ ދަށުގައި ދެމީހުންނާނޭ މީހެކެވެ. ދުނިޔެއަށް އުފަންވުމުގެ ކުރީއްސުރެ ދައުލަތުން އެހީތެރިވާން ފަށާނެއެވެ. އޭނާގެ ހަޔާތްފެށި ޅަފަތުގެ ނާޒުކު އުމުރުފުރައިން ގޮސް ފުރާވަރަށް އަޅައި، ބޮޑުވެ ތަޞައްރަފުފުދި ދިރިއުޅުމެއް ފަށައި، ދުވަސްވެ މުސްކުޅިވެ މަރުދުވަހަށް ދާންދެން އޭނާގެ ހާލުއަހުވާލު ބަލާނެއެވެ. އޭނާގެ ނުތަނަވަސްކަމަށް ލުއިކަން ހޯދައިދޭނެއެވެ.
 • މިގޮތުން ވެވޭ އެހީތަކުން އެއްކޮޅަށް ބަރުވެފައިވާ އިގްތިސާދުގެ ތިލަފަތް އެއްވަރުކުރެވޭނެއެވެ. ވިޔަފާރިވެހި އެންމެނަށް ފަހިވެގެންދާއިދެއެވެ. އޯގާތެރި ސަރުކާރެއްގެ އެންމެ އެދެވިގެންވާ ނަތީޖާއަކީ ރައްޔިތުންނަށް އަޅާލުން ކަމުގައިވެ، ތަރައްގީވާން ޖާގައޮތީ މުޖުތަމައުއެއް އުފެދި ފޯދެން ފަށާނެއެވެ.
 • ދައުލަތުގެ ޕެންޝަނަރުންނަން ދެވޭ ޕެންޝަނަކީ ދައުލަތުން ދެވޭ އެހެނިހެން އިނާޔަތްތަކުގެ އިތުރުން ދެވޭ އެއްޗެއްކަން ކަށަވަރު ކުރެވޭނެއެވެ.

 

ޅަދަރިމައިބަފައިން

 • ކޮންމެ ދިވެހި އާއިލާއަކަށް ކުރިމަތިވާ އެންމެ އަސާސީ ދަތިތައް ދެނެގަނެ، އެ ދަތިތައް ލުއިކޮށްދިނުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާއްސަ އަހައްމިއްޔަތެއް ދޭކަމެކެވެ. މިގޮތުން ތުއްތު ދަރިފުޅު ދުނިޔެއަށް އަންނަ ދުވަސްވަރަކީ މަންމައާއި، ދަރިފުޅަށްވެސް ނާޒުކު ދުވަސްވަރެއްކަން ދެކި، ދުޅަހެޔޮ ދަރީންތަކެއް ބޮޑުކުރުމަށްޓަކައި، ގާތުން ކިރުދިނުން އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ވަޒީފާ އަދާކުރަމުންދާ ކޮންމެ މަންމަ އަކަށް މުސާރައާއެކު 6 މަހުގެ މެޓާރނިޓީ ލީވް ލިބިދެވޭނެ އެވެ. އަދި ކޮންމެ ބައްޕައަކަށް 1 މަހުގެ ޕެޓާނީޓީ ލިބިދެވޭނެއެވެ. މީގެ އިތުރުން، ބޭބީ ފޯމިއުލާ، އަދި ތުއްތުކުދީންނަށް ބޭނުންވާ ކާނާއާއި އެހެނިހެން ތަކެތި އަގުހެޔޮކޮށް ދެވޭނެއެވެ.

ހުޅުހެޔޮ ފެނުން

 • ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތައްމަތި ފޮއްޓަކާއެކު، އުފަންވާ ތުއްތުކުއްޖާ އަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި، ގާތުން ދިނުމާއި، މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ ޕާރުސަލެއް ފޯރުކޮށްދެވޭނެއެވެ. އަދި މިގޮތަށް ދައުލަތުން ހަދިޔާ ފޯރުވައިދިނުމުގެ މަގުސަދަކީ ޅަފަތުގެ ކުދީންގެ ދުޅަހެޔޮކަމަށް ބާރުއެޅުމާ އެކު، ދިވެހިރާއްޖޭގައި އުފަންވާ ހުރިހާ ތުއްތުކުދީންނަކީވެސް، ތަފާތުކުރުމެއްނެތި ހަމަކުމަކަންމަތީ އުފަންވާ ކުދީންނަށް އެދުމަށް ބާރުއެޅުމެވެ.

ނަލަހެދި ޒީނަތްތެރިވުން

 • އުފާވެރި ހަމަ ޖެހޭ ދިރިއުޅުމެއްގެ ބޮޑު ހިއްސާއެއް އެކުލެވެނީ އެންމެންގެ އިޖްތިމާއީ ބައިވެރިވުމެވެ. ނަލަހެދި ޒީނަތްތެރިވެ ރަށުތެރެއަށް ނުކުމެ އުޅެވުމެވެ. މިގޮތުން ޒީނަތްތެރިވާން ބޭނުންކުރާ ސާމާނާއި އަންހެނުންނަށް ބޭނުންވާ އަދި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކުގެ އަގު ހެޔޮކޮށްދެވޭނެއެވެ.

ދިރިއުޅުމުގެ ފެންވަރު ހަމަހަމަކުރުމަށް މަސައްކަތްކުރުން

 • ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ގެދޮރު ނުވަތަ ފްލެޓް ގަތުމަށް ސަބްސިޑީ ފޯރުކޮށް ދެވޭނެއެވެ. އަދި ތަނަވަސްކަން ނެތުމުން ރަށްރަށުގައި ނުހެދިހުރި ފަޅު ގޯތިތައް އިމާރާތްކުރުމަށް ލުއިފަސޭހަ ލޯނު ފޯރުކޮށްދެވޭނެއެވެ. އަދި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ސްކީމް ތައް ހިންގެނީ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލަކުންކަން ކަށަވަރުކުރެވޭނެއެވެ.

ޒަމާންވީ މަސައްކަތްތަކުގެ ޕެންޝަން

 • ރާއްޖޭގެ ޒަމާންވީ މަސައްކަތްތައް އާލާކޮށް ކުރިއަރުވާ، މަސައްކަތުގެ އަގުވަޒަންކުރުމަށްޓަކައި، އެފަދަ މަސައްކަތްތެރީން ދެނެގަނެ، ޕެންޝަން ފޯރުކޮށްދެވޭނެއެވެ. މިގޮތުން މަސްވެރިކަމާއި ދަނޑުވެރިކަންފަދަ އެންމެ އިހުއްސުރެ ދިވެހީން ކުރަމުންއައި އެންމެ ބޮޑެތި ބުރަ އިގްތިސާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި މިފަދަ މަސައްކަތްތަކުގައި ދެމި ތިބުމަށް ބާރުއެޅުމުގެގޮތުން މަސައްކަތްތެރީންގެ ޑޭޓާބޭސްއެއް އެކުލަވާލެވި، ދިގު މުއްދަތުގައި މަސައްކަތުގައި ދެމިތިބޭ ފަރާތްތަކަށް ދައުލަތުން ޕެންޝަން ދޭން ފެށޭނެއެވެ.

ނުކުޅެދުންތެރިކަމާއި ހާއްސަ ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ލުއިކަމެއް

 • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރެވި، ޙައްޤުތައް ކަށަވަރު ކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި މުހިންމު މަސައްކަތްތަކެއް ކުރެވޭނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލެވެންސް އިތުރުކުރެވި، އެފަދަ އާއިލާތަކަށް ދައުލަތުން ފައިސާގެ އެހީތެރިކަން ދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިއްބައިދޭން ޖެހޭ ސިއްޙީ ޚިދުމަތްތަކާއި ރިހެބިލިޓޭޝަން ޚިދުމަތްތައް ޤާއިމުކޮށް އިތުރުކުރެވޭނެއެވެ.
 • ތަޢުލީމީ ނިޒާމުގެ ތެރެއިން އިންކްލޫސިވް އެޑިއުކޭޝަން ތަރައްޤީކޮށް، ތަފާތު އެކި ބާވަތުގެ ނުކުޅެދުންތެރިކަމަށް އެޑްރެސް ކުރެވޭނެހެން ނިޒާމު ހަރުދަނާކުރެވޭނެއެވެ. މުޖުތަމަޢުގައި ޤާއިމު ކުރެވިފައި ހުންނަ އެންމެހާ ވަޞީލަތްތަކުގެ ބޭނުން ހިފޭ މިންވަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރުކުރުމަށްޓަކައި ދަތުރުފަތުރުކުރުމާއި ޢިމާރާތްކުރުމުގެ މިންގަނޑުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް ސަރުކާރުގެ ތެރެއިން ޙާއްޞަ އިންތިޒާމުތަކެއް ކަނޑައެޅޭނެއެވެ.
 • ދޮށީއުމުރުގެ މީހުންނަށް ދޭންޖެހޭ ގަދަރާއި އިހްތިރާމް ބޮޑުކޮށްދީ، އަޅާލުން އިތުރުކޮށްދޭން ޖެހެއެވެ. އެމީހުންނަށް ހާއްސަ އިޖްތިމާއީ މަރުކަޒުތައް ގާއިމްކޮށްދޭން ޖެހެއެވެ. ނުތަނަވަސްކަމާ ހާސްކަމުން ދުރުހެލިވެ ހިތްހަމަޖެހުމާއެކު ޙަޔާތުގެ ފަހުބައި ހޭދަކުރެވޭނޭ ގޮތަށް ދޮށީއުމުރުގެ މީހުންނަށް އަޅާލުމުގެ ނިޒާމު އިތުރަށް ފުރިހަމަކޮށް ތަރައްގީކުރެވޭނެއެވެ.
 • އާއިލީ އަދި އިޖްތިމާއީ މައްސަލަތުގެ ޝިކާރައަކަށްވެ، އެއްވެސް މީހަކު މުޖްތަމަޢުން އެކަހެރިވެ ބާކީ ނުވާނޭހެން އެހީތެރިވެވޭނޭ އިންތިޒާމްތައް ކުރެވެންޖެހެއެވެ. އަދި މި ފަދަ މައްސަލަތަކުގައި ގޯޅިއަޅައިގޮސް ހިތާމަވެރި ގޮތްގޮތް މެދުވެރިވުން މަދުކުރުމަށްޓަކައި ކައުންސިލިން ސެންޓަރުތައް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ޤާއިމްކުރެވޭނެއެވެ.
 • ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ ފަރާތްތަކަން މާބޮޑަށް އަޅާލެވޭނޭ ނިޒާމެއް އުފެއްދޭނެއެވެ. އެފަދަ ފަރާތްތަކުގެ ބޭސްފަރުވާއަށް ސަލާންޖަހައި ފަންޑްރެއިޒް ކުރާން ނުޖެހޭގޮތަށް ދައުލަތުން ފުރިހަމައަށް ޒިންމާނަގާން ފަށާނެއެވެ.
 • ދައުލަތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަޒުތަކަކީ ޖަލުތަކެއް ނޫނެވެ. އެ ކުދިން ބަލަން ބޭނުންވާ އާއިލާތަކާ ފަސޭހައިން ހަވާލުވެވޭނެ ގޮތްތައް ހަމަޖައްސާދެވޭނެއެވެ. އެކުދިންނަކީ ތުއްތު އިރުއްސުރެ އާއިލީ ލޯބި ލިބޭނެ ކުދިންކަން ކަށަވަރުވާނެއެވެ.

އިންސާފު

 • ދިވެހީން އެދެނީ ތަރައްގީވެ ކުރިއެރުމަށެވެ. އަނިޔާއެއް، އިހާނެތިކަމެއް، ގޯނާއެއް ނެތް އުފާވެރި ދިރިއުޅުމަކަށެވެ. އާއިލާއާއި ރަހުމަތްތެރީންނާއެކު އުޅެވޭނޭ އަމާން ރާއްޖެއަކަށެވެ. ކޮންމެ ރައްޔިތެއްގެ ފަރުދީ މިނިވަންކަން ކަށަވަރުވުމަށެވެ. ޤާނޫނު އަސާސީ އާއި ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުން ވަރުގަދަކޮށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހައި ޙައްޤުތަކެއް އެއްވެސް އިސްތިސްނާއެއް ނެތި މުތުލަގަށް ލިބިދިނުމަށެވެ. އަދި ކޮންމެ ރައްޔިތަކަށް ލިބިދޭންޖެހޭ އިނާޔަތްއި ހިމާޔަތް ތަފާތުކުރުމެއް ނެތި ލިބެމުންދާނޭ ކަމުގެ ޔަގީންކަމުނެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނާއި ފަސާދައަށް ހުރި ދޮރުތައް ބަންދުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރެވޭނެއެވެ.

އިންސާފު ލިބުން

 • އެއްވެސް ހަމައެއް ނެތި ބޭއިންސާފުން ކުރެވިފައިވާ ކަންކަން ދެނެގަނެ، އެފަދަ ކަންކަމަކީ ދިވެހި މުޖްތަމަޢު ބަލައިގަންނާނޭ ކަންކަމެއް ނޫންކަން ކަށަވަރުކުރުކޮށް، އަލުން ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅޭނެއެވެ. އެގޮތުން އަންނަނިވި ފިޔަވަޅުތައް އެޅުން ހިމެނެއެވެ.
 • ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށް، ނުހައްގުން ޖަލަށްލެވިފައިވާ ފަރާތްތަކާމެދު ކަންތައްކުރެވުނު ގޮތް މުރާޖަޢާކުރުން.
 • ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ސިޔާސީ ނުފޫޒުން ނިންމާފައިވާ މަދަނީ މައްސަލަތައް މުރަޖަޢާކުރުން
 • އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލުތައް ހިންގައި އެ ޢަމަލުތަކުގައި ބައިވެރިވި ފަރާތްތަކުން ހިންގާފައިވާ ޖަރީމާތައް ބަލައި ފިޔަވަޅުއެޅުން.
 • މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތައް ފާހަގަކުރުމާއި، އެފަރާތްތައް ޖަވާބުދާރީ ނުކުރެވެނީ ކޮންސަބަބަކާހެދި ތޯ ބަލައި، އެކަންކަން އިޞްލާޙުކުރުން.
 • މިނިވަން މުއައްސަސާތަކާއި، އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
 • ދައުލަތުގެ އެންމެހައި އިދާރާތަކުގެ ސިޔާސަތުގެތެރެއިން ރައްޔިތުންނަށް އަނިޔާލިބޭ ގޮތަށް ބައްޓަން ކޮށްފައިވާ ސިޔާސަތުތަކަށް ބަދުލުގެނައުން.
 • ދައުލަތަށް ގެއްލުންވާ ގޮތަށް ސަރުކާރުން ވެފައިވާ އެއްބަސްވުންތައް މުރާޖަޢާކުރުން.
 • ދަޢުލަތުގެ ޚަޒާނާއިން ވަގަށްނަގައި/ޚިޔާނަތްތެރިވެފައިވާ ފައިސާ ހޯދުން.
 • ވަކިމީހަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކިމީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރުން.
 • ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މަސައްކަތްތައް ކުރުމަށް ނިންމައި، އެކަންތައްތަކަކަށް މަގުފަހިކޮށް ދިންފަރާތްތައް ޖަވާބުދާރީކުރުވުން ދަޢުލަތަށް ލިބިފައިވާ މަދަނީ ގެއްލުމަށް ބަދަލު ހޯދުން.
 • މަޤާމުގެ ޒިންމާ ނޫފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަލް ހިމާޔަތް ނުލިބުމުގެ ސަބަބުން އެކަން ބަލާފިޔަވަޅުއެޅުން، ދައުލަތަށް ގެއްލުންވާ ގޮތަށް ސަރުކާރުންވެފައިވާ އެއްބަސްވުންތައް މުރާޖަޢާކޮށް، ގާނޫނީ ފިޔަވަޅުއަޅައި އިންސާފު ޤާއިމު ކުން.
 • އަނިޔާލިބި، މަރުވެ، ގެއްލުވާލެވި، ޖަލަށްލެވި، އަރުވާލެވި، މުދަލަށް ގެއްލުކޮށް ލިބުނު ހުރިހައި ރައްޔިތުންނަށް އިންސާފު ލިބިދެވި ދައުލަތުން އޭގެ ގެއްލުމުގެ ބަދަލު ލިބިދިނުން.
 • ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ދީފައިވާ މައްސަލަ ބަލާ، ފްލެޓް ޙައްޤުވާ ފަރާތްތަކުން ޕްލެޓް ހޯދައިދިނުން އަދި ހަމަހަމަ އުސޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރުން.

މި ކަންކަންކަމުގައި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް، އަންނަނިވި ގޮތްތަކުގެތެރެއިން ގޮތަކަށް ޢަމަލުކުރުން:

 • ޙަޤީޤަތް ހޯދައި ހާމަކުރުން
 • ގެއްލުމުގެ ބަދަލު ދިނުމާއި ބަދަލު ހޯދުން
 • މުދާ ހިފެހެއްޓުމާއި އަނބުރާ ނެގުން
 • ޖިނާއީ ދައުވައުފުލުން

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

 • ފަނޑިޔާރުންނަކީ ހަމައެކަނި ޝަރީޢަތްކުރުމަށް ޚާއްސަވެގެން ތިބޭ ބަޔަކަށް ހެދުމަށްޓަކައި، ކޯޓުތަކުގެ އިދާރީ ހިންގުމާއި މުވައްޒަފުންގެ ކަންކަން ހިންގައި ބަލަހައްޓާން އުޞޫލުތައް ކަނޑައެޅުމާއި، ކޯޓުތަކަށް ބަޖެޓް ކަނޑައެޅުމާއި، ކޯޓުތަކުގެ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކޮށް ބެލެހެއްޓުމާއި، ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާނަމެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ކަނޑައަޅައި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމްކޯޓުގެ ޙިޔާޒަތުގެދަށުން ވަކިކުރެވޭނެއެވެ.

 

ޕްރޮސެކިއުޓަރ ޖެނެރަލް

 • ޕްރޮސެކިއުޓަރ ޖެނެރަލްއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ފުރިހަމަ މިނިވަންކަމާ ޕްރޮފެޝަނަލްކަމާ އެކު މަސައްކަތްކުރާ ފަރާތެއްކަން ކަށަވަރުކުރެވޭނެއެވެ.

ބާރ ކައުންސިލް

 • ޤާނޫނަކުން ބާރުލިބިދޭ ބާރ ކައުންސިލެއް ޤާއިމްކޮށް، ޤާނޫނީ ވަކީލުންނަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ދިނުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތުގައި އެމީހުން ތަބާވާންޖެހޭ ޕްރޮފެޝަނަލް ސްޓޭނޑުރޑް ތަކާއި، ގަވާއިދުތައް ހެދުމުގެ ބާރު އެ މުއައްސަސާއަށްދީ ޤާނޫނީ ވަކީލުންނަކީ އެ މުއައްސަސާއަށް ޖަވާބުދާރީ ވާންޖެހޭ އަދި ޖަވާބުދާރީ ކުރުވޭ ބައެއް ކަމުގައި ހަދާނަމެވެ.

ޕަބްލިކް ޑިފެންޑަރސް އޮފީސް

 • ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެތެރެއިން، ޤާނޫނީ ވަކީލަކު ހަމަޖެއްސޭނެފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް، ދައުލަތުގެ ޚަރަދުގައި އެ ޚިދުމަތް ފޯރުކޮޚްދިނުމަށް ޕަބްލިކް ޑިފެންޑަރސް އޮފީސް ގެ ނަމުގައި ޚާއްސަ އޮފީހެއް ޤާއިމް ކުރެވޭނެއެވެ.

ކުށެއް ކުރެވިފައިވާ މީހުން އިސްލާޙްކުރެވި އަނބުރާ ފަޚުރުވެރި ދިވެހިންނަށްވުން

 • ޖިނާޢީ ޢަދުލުގެ ނިޒާމުގެ މަގުސަދަކީ ޤާނޫނުތައް ހަދައިގެން މީހުން ހިފާ ހައްޔަރުކޮށް އަދަބު ދިނުމެއްނޫނެއެވެ. އެހެންކަމުން، ކުށް ކުރާ މީހުންވެސް އިސްލާހު ވާން ފުރުސްދު ފަހިކޮށް ދެވި، އަލުން އަނބުރާ މުޖްތަމައަށް ބޭނުންތެރި މީހެއްގެ ގޮތުގައި ނެރުން އެއީ ގުޅިފައިވާ ޕާޓީތަކުގެ އަމާޒެވެ. މިގޮތުން ޖަލުތަކުގައި ހިންގޭ ތަޢުލީމާއި ތަމްރީނާއި ތަރުބަވީ ޕްރޮގްރާމްތައް އިތުރުކޮށް، އާއިލީ ބައްދަލުވުންތަކަށް ހަރުދަނާ އުސޫލުތަކެއް ޤާއިމުކޮށް، ފޯނު ކޯލުކުރުމުގެ ފުރުޞަތުތައް ފުޅާކޮށް، ކަނޑައެޅޭ ހުދޫދުތަކެއްގެ ތެރެއިން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ ގޮތް ތަޢާރަފުކޮށް، ކޮންމެ ޤައިދީއަކަށް އެކަށީގެންވާ ގޮތުގައި ބޭސްފަރުވާއާއި ކެއުންބުއިމާއި ފާޚާނާކުރުމާއި ނިދުމާއި އަރާމުކުރުމުގެ އިންތިޒާމް ހަމަޖެއްސޭނެއެވެ.
 • ދިވެހިރާއްޖޭގެ ހުރިހާ ޖަލުތަކަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްގޮތަށް، ޤައިދީންގެ އިންސާނީ ޙައްޤުތަކަށާއި އިންސްލީ ކަރާމާތަށް އުނިކަން ނާންނާނެހެން ފަރުމާކުރެވިފައިވާ އަދި އެފަދައިން ބެލެހެއްޓޭ ޖަލުތަކެއްކަމުގައި ހެދޭނެއެވެ. އަދި ގައިދީންގެ ނާޖާއިޒު ފައިދާ ސީޔާސީ ކަންކަމުގައި ނެގުން ހުއްޓުވޭނެއެވެ.
 • ހުރިހާ ދާއިރާތަކެއްގައި ދާއިރާ މެޖިސްޓްރޭޓް ކޯޓު ގާއިމްކުރެވި، އެދާއިރާއަކަށް ނިސްބަތްވާ މައްސަލަތައް ބެލޭނީ މި ކޯޓަށްކަމުގައި ކަނޑައެޅޭނެއެވެ. ދާއިރާއެއްގެ ކުއްވެރިން ބައިތިއްބާ ސަރަހައްދީ ޖަލުތައް ކަމާބެހޭ މައި އިދާރާގެ ލަފާގެ މަތިން އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ސަރަހައްދުތަކުގައި ގާއިމްކޮށް ހިންގޭނެއެވެ.

 

އަންހެނުން ބާރުވެރިކުރުވުން

 • އިންސާފު ހޯދަން ކުރާންޖެހޭ މަސައްކަތުގައި އަންހެނުންނަށް ވީތީ އިތުރު ހުރަސްތަކެއް ކުރިމަތިވެއެވެ. މި ހުރަސްތައް ނައްތާލާ، އަންހެނުން އަދުލު އިންސާފާ ހަމަޔަށް ވާސިލްވުން ފަހިކޮށްދެވޭނެއެވެ. އަންހެނުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ލުއިފަސޭހަ ވާނޭ ގޮތަށް ގާނޫނީ އޮނިގަނޑު ރޭވި، މިކަމާ ގުޅޭ ތަންފީޒީ މަގާމުތަކުގައި ސީދާ އަންހެނުންގެ ދައުރު ބޮޑުކުރެވޭނެއެވެ.
 • އަމިއްލަ ފުއްދުންތެރިކަމާ ފަރުދީ މުއްސަނދިކަން އިތުރުކުރުމަށް އަންހެނުންނަށް ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް، އިގްތިސާދީ ހުރަސްތައް ނައްތާލައި، އެ ފުރުޞަތުތައް ޙަޤީޤީ މާނައިގައި އަންހެނުންނަށް ހޯދައިދެވޭނެއެވެ.
 • އިޖްތިމާއީ ބައިވެރިވުމާއި އިގްތިސާދީ ހަރަކާތްތެރިކަމާއި، ސިޔާސީ މައިދާނުގަޔާއި، އިންސާފު ލިބިގަތުމުގައި ހުރިހާ ޖިންސެއް، ހުރިހާ ރަށެއް، ހުރިހާ ފަންތިއެއް ހަމަހަމައެވެ.
 • ޖަޒީރާ ރާއްޖެއަކީ ފިރިހެން ދަރިފުޅަށްޓަކައި ހަގީގަތަށް ވާންއެދެވޭ ހުވަފެނެއް، އަހަރެންގެ އަންހެން ދަރިފުޅަށްވެސް އެއްވެސް އިސްތިސްނާއެއް ނެތި ހަގީގަތަށް ހެދުމު ގެ ހަމަހަމަކަން އޮންނާނެ ރާއްޖެއެކެވެ. ތަނަވަސްކަން އެންމެ ކުޑަމީހާއަށް ވެސް ގޯތިގެދޮރު އަޅާ އާއިލާ އުފައްދާ، އުފާފާގަތި ކަމުގައި ފަހުރުވެރި ދިރިއުޅުމެއް އުޅުމުގެ ހުރިހާމަގެއް ތަންމިނަށް ހުޅުވިފައި އޮންނާނޭ ރާއްޖެއެކެވެ. މިގޮތުން، އަންހެނުން އިންތިޚާބީ މަޤާމުތަކަށް އައުމަށް ވަކި މުއްދަތަކަށް ކޯޓާތަކެއް ކަނޑައަޅާނެއެވެ. ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައާއި، އަދި މިނޫންވެސް މިފަދަ އަނިޔާތަކުން އަންހެނުން ރައްކާތެރިކުރުމަށް ހެދިފައިހުރީ ޤާނޫނުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރެވޭނެއެވެ.

ޚިޔާލުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަން

 • ޚިޔާލު ފާޅުކުރުމާއި މީޑިޔާގެ މިނިވަންކަން ހިފެހެއްޓިފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ވެރިކަމުގެ ފަރާތުން ބޭނުންވާ ކޮންމެ ފަހަރަކު ޚިޔާކު ފާޅުކުރުމާއި މީޑިޔާގެ މިނިވަންކަމުގެ ހައްޤު ނުހިފެހެއްޓޭނެކަން ކަށަވަރުކުރެވޭނެއެވެ. ޚިޔާލުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވޭނެއެވެ.