ހައުސިން ސަބްސިޑީ ތަޢާރަފްކުރުން

  • އެއްވެސް ފައިސާއެއްދީގެން ނޫނިއްޔާ ކުއްޔަށް ހިފައިގެންވެސް ނޫޅެވޭ ހާލަތުގައި ތިބި ރައްޔިތުން އާމްދަނީ ލިބި ދިރިއުޅުމުގެ ހާލަތު ބަދަލު ކުރެވެންދެން ސަރުކާރުން ދާއުލަތުން ހިލޭ ބޯހިޔާވެހިކަން ފޯރުކޮށްދެވޭނެއެވެ
  • ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ސޯޝަލް ހައުސިންގައި ކެޓަގަރީގެ ތަންތަނުގައި ދިރިއުޅުމުގެ ކުލި ދެއްކުމަށް އެހީތެރިވުމަށް ސަބްސިޑީ ފޯރުކޮށްދެވޭނެއެވެ.
  • އިޖްތިމައީ ރައްކާތެރިކަމަށް އެންމެ ބޭނުންވެފައިވާ ފަރާތްތައް ދެނެގަނެ ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެއެވެ.
  • ދިރިއުޅުމެއް ފެށުމެއް ބޭނުންވާ ބޯހިޔާވަހިކަން (ފަސްޓް ޓައިމް ހޯމް ބަޔަރސް) ޚާއްސަ އުސޫލުތަކެއް ތަޢާރަފްކުރެވޭނެއެވެ

ލޯން ސްކީމް ތަޢާރަފް ކުރުން

  •  މާލޭގައި ދިރިއުޅެން އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، އިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ އާއިލާތައް ދެނެގަނެ، އެފަރާތްތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނެ މަގު ކޮށައިދެވޭނެއެވެ.
  •  ތަނަވަސްކަން ނެތުމުން ރަށްރަށުގައި ނުހެދިހުރި ގޯތި އިމާރާތްކުރުމަށް (ފުރަތަމަ ގޯތި އިމާރާތްކުރުމަށް) އިންޓްރަސްޓް ކުޑަ ލުއިލޯނު ފޯރުކޮށްދެވޭނެއެވެ.
  •  މާލޭގައި އިމާރާތް ނުކުރެވިފައި ހުރި ގޯތިތައް ހެދޭނެ ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން ބޭންކް ލޯނު ލިބުމަށް ހުރި ހުރަސްތައް ނައްތާލެވޭނެއެވެ. މިގޮތުން، ޑިޕޮސިޓްއަށް ދައްކަންޖެހޭ އަދަދާއި އިމާރާތްކުރަމުންދާ އިރު ބޭންކަށް ދައްކަންޖެހޭ ފައިސާ އަށް ލުއި ހޯދައިދެވޭނެއެވެ.
  • ދިރިއުޅުމަށް ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް ބޭނުންވާ ބޭންކް ލޯނުގެ އިންޓްރެސްޓް 6% އަށް ތިރިކުރެވޭނެއެވެ.
  • ފުދުންތެރިކަން ކުޑަ އާއިލާތަކަށް އަގުދައްކަން ބުރައަކަށްނުވާނެ ގޮތަށް، މަހަކު 5000 ރުފިޔާ އަށްވުރެ ބޮޑުނުވާނެ ލުއިފަސޭހަ ހައުސިން ސްކީމެއް ތަޢާރަފްކުރެވޭނެއެވެ.

އަމިއްލަ ގެދޮރު ނެތް އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން

  •  20000 ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ދޫކޮށް، ފްލެޓްތައް ދޭނީ އިންސާފުވެރިކަމާއި ހަމަހަމަ އުސޫލުންނެވެ.
  • ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން އިތުރުކުރެވޭނެއެވެ.
  • ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން ފްލެޓް ހައްޤުވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދެވޭނެއެވެ.
  • މާލޭ ރަށްވެހިންގެ ތެރެއިން ގެދޮރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އެންމެ މަދުވެގެން
  • 4000 މާލޭގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެއެވެ.

ގޯތި ދޫކުރުން

  •  ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތަކާ އެއްގޮތްވާގޮތުގެމަތީން ގޯތި ދެވޭނެ ތަންތަން ކަނޑައަޅާ ގޯއްޗަށް އެދެން ހުޅުވާލެވޭނެއެވެ.
  •  ގޯތި ދެވެންއޮތް ރަށްރަށުން، އެކަމަށް އެދޭމީހުނަށް އިންސާފުވެރި އުސޫލުން ގޯތި ދެވޭނެއެވެ.
  •  އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިޚްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދެވޭނެއެވެ.