ދިވެހިރާއްޖޭގެ މުޅި އިޤްތިޞާދީ ސަރަޙައްދަށް މަސްވެރިކަން ފުޅާކުރުން

  • ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލެވޭނެއެވެ.
  • ރާއްޖޭގެ މުޅި އިޤްތިސާދީ ސަރަހައްދަށް މަސްވެރިކަން ފުޅާކޮށް، ދެކޮޅަށް ދުއްވަންޖެހޭ ޚަރަދު ކުޑަކުރުމަށާއި، ރާއްޖޭގެ މުޅި އިޤްތިސާދީ ސަރަހައްދު ބެލެހެއްޓޭނެއެވެ.
  • ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިޝަރީޒް ޕްލެޓްފޯމް ޤާއިމްކުރެވޭނެއެވެ. އައިސް އާއި ތެޔޮ އަދި މަސްދޯނިފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ފޯރުކޮށްދެވޭނެއެވެ.
  • އީ.އީ.ޒެޑްގައި ދިވެހި މަސްވެރިން މަސްވެރިކަން ކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން އެކަމަށް މަސްބޯޓުތައް ތަޢާރަފުކުރުމަށް ލުއި ލޯނު ހޯދައިދިނުމާއި މަސްގަނޑުކުރެވޭނެ ސިސްޓަމް ހަރުކުރެވޭނެފަދަ ނެކްސްޓު ޖެނެރޭޝަން މަސްއޮޑި މަސްވެރިކަމުގެ ސިނާއަތަށް ތަޢާރަފުކުރުމަށް ފައިސާ ލިބޭނެ ގޮތްފަހިކޮށްދެވޭނެއެވެ.

ހުނަރުވެރި މަސްވެރިން އުފެއްދުން

  • ހުނަރު ޕްރޮގްރާމްގެ ދަށުން މަސްވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ހިންގައި، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ދިވެހީން ނެރެވޭނެއެވެ.
  • މަސްވެރިކަން ކުރުމުގެ ޒަމާނީ އުކުޅުތަކާއި ޓެކްނޮލޮޖީ ދިވެހި މަސްވެރީންނަށް ފޯރުކޮށްދެވޭނެއެވެ.
  • ރަނގަޅު ފެންވަރުގެ މަސްމާރުކޭޓްތައް އެކި ސަރަޙައްދުތަކުގައި ހެދޭނެއެވެ.

މަސްވެރިޔާގެ ހިތްހަމަޖެހުން

  • މަސްވެރިކަމުގައި ދެމިތިބޭ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން މަސްވެރިކަމުގައި ގިނަދުވަހު ދެމިތިބޭ މީހުންނަށް ޕެންޝަނެއް ތަޢާރަފްކުރެވޭނެއެވެ.
  • މަސްދޯނި އެކައުންޓް ހުޅުވި، ރާއްޖޭގެ ހުރިހާ މަސްވެރިން ބޭންކިން ނިޒާމްގެ ތެރެއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.
  • ރަށަށް ވަންނަ ފައިސާ ރަށުގައި ޖަމާކޮށް ނެގޭނެ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ.
  • ބޭންކު ލޯންތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާދެވި، އެހެނިހެން ވަޒީފާއަދާކުރާ ފަރާތްތަކާއި އެއްފަދައިން ލޯނާއި ކްރެޑިޓް ސްކީމުތަކުން މަސްވެރިންނަށް ފުރުޞަތު ލިބޭނެގޮތްހަމަޖެއްސޭނެއެވެ.

މަހަށް ހަމަ އަގު ހޯދައިދިނުން

  • ކަނޑުރޯދީގެ ތަނަވަސް މަންފާ ހޯދައިދިނުމަށްޓަކައި، ދިވެހި މަސްވެރީން ބާނާ މަސް ހަމައެކަނި ރާއްޖޭގެ ބޯޓަކަށް ކިރުވުމުގެ އިތުރުން، އެވެރިން މަސްބާނާ ދޯނިފަހަރުގައި ސީދާ ބޭރުގެ (ސިލޯނުފަދަ) މާކެޓްތަކަށް ވިއްކޭނޭ ނިޒާމެއް ގާއިމުކުރެވޭނެއެވެ.
  • ދިވެހި މަސްވެރިން ބާނާ މަސް ގަންނަން ބޭނުންވާ ބޭރުގެ މަސްކިރާ ބޯޓުފަހަރު ރާއްޖެ އައުމަށް ހުއްދަދެވި، މެދުވެރިއެއްނެތި، ބޭރުގެ މަސްގަންނަ ފަރާތްތަކަށް މަސް ވިއްކޭނޭ މަގު ހުޅުވާލެވޭނެއެވެ.

އެން، ޑީސެލް، އައިސް ލިބޭނެ ގޮތް ހުރުން

  • މަސްވެރިކަން ހީނަރުވުމަށް ދިމާވެފައިވާ އެން ލިބުމުގެ ދަތިކަން ހައްލުކޮށް، މަސްވެރިކަން ހީނަރުވުމަށް ދިމާވެފައިވާ އެން ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެންދިރުވާ، އެން އާލާކުރުން ވިޔަފާރިއެއްގެ ގޮތުގައި ކުރިއަރުވާ، އެންވެރިކަމުގެ އާ ވިޔަފާރި ޖީލެއް ބިނާކުރެވޭނެއެވެ.
  • މަސްވެރިކަމަށް ނުކުންނަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން ޑީސެލް ގެ އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެއެވެ.
  • މަސްފިނިކުރާ ނިޒާމު ލުއިގޮތަކަށް މަސްއޮޑިތަކަށް ލިބޭނެގޮތް ހަމަޖައްސާދެވޭނެއެވެ.
  • މަސްވެރި ސަރަހައްދުތަކުން ފަސޭހައިން އައިސްލިބޭނެ ގޮތްހަމަޖައްސާދެވޭނެއެވެ.

މެރިކަލްޗާ، އަކުއަކަލްޗާ، ފަރުމަސް ވިޔަފާރި ދިރުވުން

  • އަމިއްލަ ފަރާތްތަކަށް މެރިކަލްޗަރގެ މަސައްކަތްކުރުމަށްޓަކައި މާލީއެހީތެރިކަމާއި ލުއި ލޯނު ލިބޭނެ މަގު ފަހުކުރެވޭނެއެވެ.
  • ރާއްޖޭގެ ކަނޑުފަޅާއި ކުޅިފަދަ މާހައުލުތަކުގައި ދިރުވާ އާލާކޮށްގެން ނަފާހޯދޭނޭ ބާވަތްތައް ދެނެގަނެ، އެ ބާވަތްތަކުގެ އެންފަންޏާއި ބިސް ހިމެނޭ ހެޗަރީތައް އުތުރާއި ދެކުނުގައި ގާއިމްކުރެވޭނެއެވެ.
  • ރަށްރަށުގައި މަސް ޕްރޮސެސް ކުރެވޭނެ ހަމަތައް ތަޢާރަފްކުރެވޭނެއެވެ. ރަށުގައި މަސްގަނެ، މަހުގެ އެކި ބާވަތްތައް ތައްޔާރުކުރެވި، ޕެކްކުރެވި ރަށުން ބޭރަށް އެތަކެތި ވިއްކޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.
  • ފަރުމަސްވެރިކަން ރަނގަޅުކޮށް އެ މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.